twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ ޓީމު ވަރުގަދަ ކުރަން އިތުރު ކުޅުންތެރިން ގެންނަނީ

Jun 27, 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރަށް ކުޅުދުއްފުށީ ޓީމަށް ރަށުން ބޭރުން އިތުރު ކުޅުންތެރިން ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޓީމުގެ ޗެއާމަން އަދި ކައުންސިލް މެމްބަރު މުހައްމަދު ވަފާޒު ވިދާޅުވެއްޖެ އެވެ.

އުތުރުގެ ޒޯން ހަތަރު ޗެމްޕިއަނުންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސްޓޭޑިއަމްގައި އެވެ. ފުރަތަމަ މެޗުގައި އަންނަމަހު 6 ގައި އޮންނައިރު ބައްދަލުކުރާނީ މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުއްޓާއި ކުޅުދުއްފުއްޓެވެ.

ކޭއޯގައި ވާހަކަދައްކަވަމުން މުހައްމަދު ވަފާޒު ވިދާޅުވީ މުބާރާތުގެ ފައިނަލް ރައުންޑަށް ތައްޔާރުވުމަށް ޓީމު އިތުރަށް ރަނގަޅުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ފަހަރު މުބާރާތުގައި ޓީމަށް ކުޅުނު ރަށުން ބޭރުގެ ކުޅުންތެރިންގެ އިތުރުން، އިތުރު ކުޅުންތެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަތޮޅު ބުރުގައި އާއި ޒޯން ބުރުގައި ކުޅުދުއްފުށީ ޓީމަށް ރަށުން ބޭރުގެ 4 ކުޅުންތެރިން ހިމެނިފައިވެ އެވެ. އެއީ އަވައްޓެރި ހަނިމާދޫގެ 2 ކުޅުންތެރިޔަކާއި ނެއްލައިދޫގެ ކުޅުންތެރިޔެއްގެ އިތުރުން މ. މުލަކު ކީޕަރެކެވެ. މިފަހަރު ހއ ދިއްދޫއިން ކީޕަރެއް ގެނައުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ވަފާޒު ވިދާޅުވީ ޓީމުގެ ޕްރެކްޓިސްތައްވެސް ފެށިގެން ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. އަލަށް ގެނައި ބައެއް ކުޅުންތެރިން މިހާރު ޓީމާ ގުޅިފައިވާއިރު ބައެއް ކުޅުންތެރިން 2 ދުވަހެއްގެ ތެރޭގައި ކުޅުދުއްފުއްޓަށް އަންނާނެކަމަށް އޭނާ ލަފާކުރައްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355