twitterviber whatsapp telegramfacebookyoutube instagram
15th August 2026

ހދ ގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޔޫތް ލީޑަރޝިޕް ޕްރޮގުރާމްގެ ނިންމާލައިފި

Jul 14, 2017

މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން ހދ އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޔޫއެންޑީޕީ އާއި ދިރާގާ ގުޅިގެން ކުރިއަށް ގެންދިޔަ ޔޫތް ލީޑަރޝިޕް ޕްރޮގުރާމްގެ ނިންމާލައިފި  އެވެ.

މިއަދު މެންދުރުފަހު ހދ އެއީސީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޕްރޮގުރާމުގައި ބައިވެރިވި ފަރާތްތަކަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޝޮކޯ ނޯޑާ އަދި ދިރާގުގެ ސީއެމްއޯ އިޒަބެއްލޭ ހަޖްރީ އެވެ.

މި ޕްރޮގުރާމްގައި ބައިވެރިވި ކުޅުދުއްފުށީގެ 9 ޒުވާނަކާއި ނައިވާދޫގެ ޒުވާނަކާއި އަދި ނޮޅިވަރަންފަރުގެ ޒުވާނެއްގެ އިތުރުން ނެއްލައިދޫ އިން 2 ޒުވާނަކާއި އެކު ޖުމްލަ 13 ބައިވެރިން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޝޮކޯ ނޯޑާ ވިދާޅުވި ގޮތުގައި ކުރީގައި މިކަހަލަ ކަންކަމުގައި ޒުވާނުން އިސްނަގައިގެން އުޅޭތަން ނުފެންނަ ކަމަށާއި އެކަމަކު މިހާރު ގިނައީ ޒުވާނުން ކަމަށެވެ. އަދި މިޒަމާނުގައި ޒުވާނުން ކަންކަމުގައި އިސްނަގާ ކުރިމަގު ބިނާކުރުމަށެވެ.

16 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ވަނީ ޕޮލިޓިކްސް، ކޮރަޕްޝަން، ޖެންޑާ އިކުއައިލިޓީ އަދި ސެލްފް ޑިފެންސްގެ އިތުރުން ފަސްޓްއެއިޑްސްގެ ޕްރޮގުރާމްތަކެއް ކުރިއަށް ގެންގޮސްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355