twitterviber whatsapp telegramfacebookyoutube instagram
30th October 2026

ތެޔޮ ނެތިގެން ޕަބުލިކް ވޯރކްސްގެ މަސައްކަތް ހުއްޓިއްޖެ!

އަބްދުލް ވާހިދު ޙަސަން
May 22, 2025
1

ކުޅުދުއްފުށީ ޕަބުލިކް ވާރކްސްގެ އުޅަނދުތަކަށް އަޅާނެ ތެޔޮ ނެތިގެން މަސައްކަތް ހުއްޓިއްޖެ އެވެ.

އުތުރު ސަރަހައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަދައްކަވަމުން ކައުންސިލް މެންބަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވީ، ޕަބުލިކް ވާރކްސްގެ ވެހިކަލްތަކަށް އަޅާނެ ތެޔޮ ނެތުމުންގެ ސަބަބުން އެތަނުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.

ބައެއް މަގުތަކަކީ ވެލިމަގުތައްކަމުން އެ މަގުތައް ހެދުންވެސް އެކަމުގެ ސަބަބުން ހުއްޓިފައިވާކަމަށް ރިލޭ ފާހަގަކުރެއްވި އެވެ.

"މިނިސްޓްރީތަކުގެ މަސައްކަތަށްވެސް ގިނަ ފަހަރު ހަރަދުކުރަން ޖެހެނީ ކައުންސިލްތަކުން. މިސާލަކަށް މިއަދު ކުޅުދުއްފުށީގައި ޕަބުލިކް ވާރކްސްއެއް އެބަ އިން އެކަމަކު އަޅުހަނޑުމެންނަށް މިއަދުވެސް މިތިބީ މަގުތަކުގެ މަސައްކަތް ނުކުރެވިފަ." ރިލޭ ވިދާޅުވި އެވެ.

ޕަބުލިކް ވާރކްސް ޔުނިޓްތަކަކީ ލޯކަލް ގަވަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނެވެ. އެ މާސިންތާގައި ރިލޭ ވާހަކަދެއްކެވިއިރު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އާރިފްވެސް އިންނެވި އެވެ.

ރިލޭ އިތުރަށް ވިދާޅުވީ، މިއަދުވެސް ރަށުގެ މަގުތަކުގައި ފެންބޮޑުވެއްޖެނަމަ ނެރެން ހުރީ އެ ވެހިކަލްތައް ކަމަށާއި މިނިސްޓްރީތަކުން ކުރަން ޖެހޭ މަސައްކަތް ކައުންސިލްތަކަށް ކުރަން ޖެހޭއިރު މިއަހަރުވެސް ސިޓީ ކައުންސިލަށް ސަރުކާރުން ދޫކޮށްފައިވަނީ 8 މިލިއަން ރުފިޔާ މަދުން ކަމުގައި އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293