twitterviber whatsapp telegramfacebookyoutube instagram
21st May 2025

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ ޖޮބް ފެސްޓިވަލް މާދަމާ ފަށަނީ

May 21, 2025

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކުރިއަށްގެންދާ "އެމްއެންޔޫ ފަހި ފުރުސަތު ވަޒީފާގެ މައުރަޒު" މާދަމާ ކުޅުދުއްފުށީގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ބާއްވާ މި ޖޮބް ފެސްޓިވަލް އޮންނާނީ މި މެއިމަހުގެ 22-23 އަށެވެ. އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި މައުރަޒު ކުރިއަށްދާނީ 16:00 - 22:00 އަށެވެ.

ގައުމީ ޔުނިވާސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލަދޭ ބާޒާރެކެވެ.

މި ފެސްޓިވަލްގެ މަގުސަދަކީ ރާއްޖޭގައި އެކިކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުވައްސަސާތަކުގައި ހުރި ތަފާތު އެކި ކަހަލަ އާމުދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެ ފަދަ ފުރުސަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުސަތު ތަނަވަސްކޮށްދެވޭނެ ފަދަ މާހައުލެއް ގާއިމު ކޮށްދިނުންމެވެ.

މި ހަރަކާތުގެ ތެރެއިން އޭލެވެލާއި އެ ނޫން ވެސް ޔުނިވާސިޓީން ބަލައިގަންނަ ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ފޯމު ފުރައިދިނުމާއި ބަލައިގަތުން ވެސް ކުރިއަށް ދާނެ ކަަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އަދި ކެރިއަރގައިޑެންސް އާއި އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ވަސީލަތްތަކުގެ މައުލޫމާތު ލިބިގެންދާނެ އެވެ.

އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުސަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާހައުލެއް އުފެއްދުމާއި ރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުސަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުގުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355