twitterviber whatsapp telegramfacebookyoutube instagram
15th August 2026

ވައިކަރަދޫގައި ބިދޭސީ ޓީޗަރަކު ” ކަލާނގެ ދައްކާށޭ” ބުނި މައްސަލައެއް ބަލަނީ

Jul 17, 2017

ހދ އަތޮޅު މަދަރުސާ ޓީޗަރަކު “ކަލާނގެ ދައްކާށޭ” ބުނި މައްސަލައެއް ބަލަން ފަށައިފި އެވެ.

އޭކޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލުގައި މައްސަކަތް ކުރާ ބިދޭސީ ޓީޗަރަކު ވަނީ ދަރިވަރުންނާއި މުހާތަބުކޮށް ” ކަލާނގެ ދައްކާށޭ، ކަލާނގެ ދައްކާށޭ، ކަލާނގެ އަށް ގުޅާށޭ” ބުނެ ވާހަކަ ދައްކާފަ ކަމަށެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު ކޭއޯ އަށް ވިދާޅުވީ އެފަދަ މައްސަލައެއް ރޭ ފުލުހަށް ހުށައެޅިފައިވާ ކަމަށާއި އެމައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

މިކަމާއި ބެހޭގޮތުން ހދ އަތޮޅު މަދަރުސާއަށް ގުޅާލުމުން އެފަރާތުން ވަނީ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފަ އެވެ.

މިމައްސަލަ ފުލުހުންގެ އިތުރުން އެޑިޔުކޭޝަނަށްވެސް ވަނީ ހުށަހަޅާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355