twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކުޑަހުވަދޫ އާއި ތިނަދޫ

Jul 18, 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދެކުނު ޒޯނުގައި ވާދަކުރި ދެ ޓީމު ކަމަށްވާ ދ.ކުޑަހުވަދޫ އާއި ގދ.ތިނަދޫ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ކުޑަހުވަދޫ ދަތުރުކުރީ މިއަދު ކުޅުދުއްފުށީގައި ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އއ.މާޅޮހާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ހަމަހަމަ ކުޅުމެއް ދެޓީމުން ފެނުނު ނަމަވެސް ގިނަ ހަމަލާތަކެއް އުފެއްދީ ކުޑަހުވަދޫ އެވެ. އަދި ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް މާޅޮހަށްވެސް ވަނީ ލިބިގެންގޮސްފައެވެ.

ކުޑަހުވަދޫގެ ފުރަތަމަ ގޯލު 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަދަމް ޝަމީމު އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ކުޑަހުވަދޫ ލީޑު ފުޅާކުރި ގޯލު 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކްރިސްޓިއަން ޑޫޒީ އެވެ. އަދި މި ގޯލު ޖެހިތާ ދިހަ މިނެޓުފަހުން ކުޑަހުވަދޫގެ ތިންވަނަ ގޯލު ކާމިޔާބުކުރީ މުހައްމަދު އިސްމާއިލެވެ.މި ގޯލު ޖެހިތާ މިނެޓެއް ނުވަނީ މާޅޮހުން ވަނީ އެ ޓީމުގެ ފުރަތަމަ ގޯލު ޖަހާފައެވެ.

މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާދަމް މާޖިދެވެ. ކުޑަހުވަދޫގެ ހަތަރުވަނަ ގޯލު 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަފޯނިއާ ޖިބޯލާ އެވެ. މެޗުގައި މާޅޮހަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް އެ ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑި މަތިންނެވެ.

ދިނަދޫ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އެ ރަށުގައި ކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗުގައި ށ.މިލަންދޫ އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. ތިނަދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅިބަލަން އައި މި މެޗުގައި ތިނަދޫ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ތިނަދޫގެ ތިން ގޯލުވެސް ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިންނެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355