twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީގައި އަންހެނަކު އޮޅުވާލައިގެން ފައިސާ ހޯދަން ގޭގެއަށް ހިނގަނީ

Jul 19, 2017

މިމަހު ކުރީ ކޮޅު މި އަންހެން މީހާ އަހަރެންނާ ބައްދަލުވި އެވެ. އެމީހާ ވަރަށް ބަލިވެ އުޅުނު ޚަބަރު އަހަރެންނަށް އިވިފައި އޮތުމުން ހާލު އަހާލީމެވެ. މިހާރު ކިހެނެއްހޭ ކިޔާފައި އެވެ. ޖަވާބުގައި ރަނގަޅުކަމަށް ބުނެ އެމީހާ މަޑުކޮށްލި އެވެ. މަޑުކޮށްލުމަށްފަހު އެމީހާ ވާހަކަދައްކަން ފެށި އެވެ. ރަނގަޅުކަމަށްވިޔަސް އަދިވެސް ޓެސްޓް ހަދަން އިންޑިޔާއަށް ދާން ޖެހޭ ކަމަށާއި ފައިސާގެ ދަތިތަކެއް ހުރުމުން އެކަމުގެ ކަންބޮޑުވުމުގެ ވާހަކަތައް ފެށި އެވެ. އަދި ރުފިޔާކޮޅެއް ދެންވެން ނެތްހޭ އަހާލި އެވެ.

ހަތަރުމަސް ވަރު ވަންދެން އިންޑިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށްފަހު މިއަންހެން މީހާ ރަށަށް (ކުޅުދުއްފުއްޓަށް) އައީ ޖޫން މަހުގެ ފަހު ކޮޅުއެވެ. ފައިސާގެ ވާހަކަ އަހާލުމުން ތިކަމުގައި އަހަރެންނަށް ޚަބަރެއް ޖަހާލެވިދާނެކަމަށް ބުނީ މެވެ. އޭރުން ވަރަށް ގިނަ މީހުން އެހީތެރިކަން ލިބިދާނެ ކަމަށާއި ބޮޑެތި ބަލިތަކުގައި ދިގު މުއްދަތަށް ބޭސްކުރާ ވަރަށް ގިނަ މީހުން އެގޮތަށް ނޫސްތަކުގައި ޖަހައިގެން އެހީ ހޯދާކަމަށް ބުނެ އަހަރެން ވާހަކަ ދެއްކީމެވެ. ނަމަވެސް އޭނާ އެކަމަށް ވަގުތުން ދެކޮޅު ހެދި އެވެ. އެމީހާ ދެކޮޅު ހެދުމުންވެސް އަހަރެން އިތުރަށް ވާހަކަ ދެއްކީމެވެ. އަދި އެއީ ލަދުވެތި ކަމެއް ނޫން ކަމަށް ބުނެ އެމީހާއަށް އެހީއެއްވެދެވޭތޯ މަސައްކަތް ކުރީމެވެ. ފަހުން އެމީހާ ބުނީ ދަރިން ހިތްހަމަނުޖެހިދާނެކަމަށާއި އެމީހުންގެ ގާތު އަހާފަ ޖަވާބެއް ދޭނެ ކަމަށެވެ.

އެއަށްފަހުން އެއްދުވަހަކު ރޭގަނޑު 12 ގެ ފަހުންވެސް އަހަރެންނަށް އެމީހާ މަގުމަތި ފެނިގެން އެކަމާ ސުވާލުކުރީމެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ބުނީ ފޫހިވާތި ހިނގެނީ ކަމަށެވެ. އަދި ދަރިން ގާތު ރޭގަނޑު ފެނުނު ވާހަކަ ނުބުނުމަށް އެދެމުން އަމީނީމަގުން ދެކުނަށް ހިނގައިގަތެވެ.

އެއަށްފަހުން އަހަރެން ހިތުގައި ސުވާލުތަކެއް އުފެދުނެވެ. މިހާ މަޑުމަތިރި މީހެއް ކުއްލިއަށް ވެފައިމިހުރީ ކިހެނެއްބާ އެވެ. ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ލިބިގެންދިޔައީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ.

ގޭގެއަށް ވަދެ ބަލިވެ އުޅޭކަމަށްބުނެ ފައިސާއިން އެހީވުމަށް އެދެން ފެށި ހިސާބުން ގިނަ ބަޔަކު މީނާގެ ވާހަކަ ދައްކަން ފަށައިފި އެވެ. ބައެއް ފަހަރު ދަނީ ޑޮކްޓަރުގެ ލިޔުންތަކެއް ކަމަށް ބުނާ ކަރުދާސްތަކެއް ފައިލަކަށް ލައިގެންނެވެ. ގިނަ ގޭގެއިން ފައިސާ ދޭ ކަމަށްވެ އެވެ. އެމީހާ ބަލިކަމަށްހީވެގެންނެވެ. އަދި އިންޑިޔާއިން ކެންސަރު ބައްޔަށް ފަރުވާ ހޯދި ވާހަކަތައް މަސްތަކެއް ކުރިން އަޑުއިވިފަ އޮތުމުންވެސް މެ އެވެ.

މި އަންހެން މީހާގެ ގާތް މީހުން ކޭއޯގައި ވާހަކަދައްލަމުން ބުނީ ކެންސަރަށް ފަރުވާ ހޯދި ނަމަވެސް މިހާރު އޭނާ ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މާލެއިން އެންމެ ފަހުން ހެދި ޓެސްޓްތަކުން ބަލިން ރަނގަޅުވެފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ހިނގާފައި އުޅޭ މިއަންހެން މީހާ ފައިސާ ހޯދަނީ މާލޭގައި ހުންނަ ފިރިހެންނަށް ފޮނުވުމަށްކަމަށް އެމީހާގެ ގާތް މީހުން ކޭއޯއަށް މައުލޫމާތުދީފައިވެ އެވެ. ރީލޯޑާއި ރާސްޓަސް ފަދަ އެއްޗެހި ވަރަށް ގިނައިން އެބުނާ ފިރިހެނަކަށް ފޮނުވާކަމަށް ބުނެ އެވެ.

ބަލިކަމަށް ބުނެ އޮޅުވާލައިގެން ގޭގެއަށް ގޮސް ސަލާންޖަހައިގެން ފައިސާ ހޯދައި މިއަންހެން މީހާއާ ސަމާލުވުން އެދެމެވެ. މިނާއަކީ 46 އަހަރުގެ މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355