twitterviber whatsapp telegramfacebookyoutube instagram
17th April 2026

ވިޔަފާރިތަކުން ކައުންސިލަށް ނަގަމުންދާ 50ރ ގެ ފީ މީރާއަށް ފޮނުވުމަށް އަންގައިފި

Jul 29, 2017

ރަށުގައި ހިންގާ ފިހާރަތަކުން ކައުންސިލަށް ނަގައި 50ރ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފޮނުވުމަށް އަންގާފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވެއްޖެ އެވެ.

ރޭ ކުޅުދުއްފުށީ ކައުންސިލުން ރައްޔިތުންނަށް މައުލާމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ ފިހާރަތަކުން ކައުންސިލަށް ނަގަމުންދާ 50ރ މީރާއަށް ފޮނުވުމަށް އަންގާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލް މާލިއްޔާއަށް އިތުރު ނިކަމެތިކަމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށްރަށުގައި ހިންގާ ފިހާރަތަކާއި ހޮޓާ އަދި ރެސްޓޯރަންޓްތަކުން ނަގަމުންދާ 50ރ ގެ ފީ އަކީ އެރަށެއްގެ މާލިއްޔަތަށް ވަންނަމުންދާ އެއްޗެއްކެވެ. ނަމަވެސް އެ ފައިސާ މީރާއަށް ފޮނުވުމަށް އެންގުމުގެ ސަބަބުން ރަށްރަށުގެ މާލިއްޔާ ވަރަށް ބޮޑު ނިކަމެތިކަމެއް އަންނާނެ އެވެެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355