twitterviber whatsapp telegramfacebookyoutube instagram
27th June 2026

ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

May 25, 2025

ސިޓީ ކައުންސިލާއި އިންފިނިކާ އެކަޑެމީ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އާންމުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ޕްރޮގުރާމުގައި ބައިވެރިވާން ހުޅުވާލިތާ ގަޑިއިރެއްގެ ތެރޭގައި 90 އަށްވުރެ ގިނަ މީހުން ނަންނޯޓްކުރި އެވެ. އެކަމަކު ބައިވެރިވާން ފުރުސަތު ދިނީ ފުރަތަމަ ނަންނޯޓްކުރި 30 ފަރާތަކަށެވެ.

މި ޕްރޮގުރާމު ނިންމާލުމުގެ ގޮތުން އިއްޔެ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ކައުންސިލް މެންބަރު ރިލްވާން މުހައްމަދު (ރިލޭ) އެވެ. ރިލޭގެ ވާހަކަގައި ވިދާޅުވީ، މީހުން ބިނާކުރުމުގެ މިފަދަ ހަރަކާތްތައް ކުރިއަށްތާވެސް ހިންގަން ނިންމާފައިވާ ކަމަށެވެ.

މިމަހު 21 އިން 24 އަށް ކުރިއަށްގެންދިޔަ މި ޕްރޮގުރާމުގައި ކިޔަވައިދެއްވީ އިންފިނިކާ އެކަޑެމީގެ ތަޖުރިބާކާރު ފޮޓޯގްރާފަރ އާދަމް ނާއިފެވެ.

މިވޯކްޝޮޕްގައި ފޮޓޯގްރަފީގެ ވައްތަރުތަކާއި، ލައިޓިންގެ މުހިއްމުކަން، ކެމެރާ ގެންގުޅޭއިރުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން ފޮޓޯގްރަފީގެ އަސާސީ ގިނަ މައުލޫމާތުތަކެއް ބައިވެރިންނަށް ދަސްކޮށްދީފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355