twitterviber whatsapp telegramfacebookyoutube instagram
30th August 2026

19 އަހަރުން ދަށުގެ ބައިން އެންމެ މޮޅު އަންހެން އެތުލީޓަކަށް ނަޝާ

Jul 29, 2017

އައްޑޫގައި މިއަދު ނިންމާލި ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ބައިން އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު އުންމީދީ އެތްލީޓް ޖަލާލުއްދީން ސްކޫލުގެ ނަޝާ ނިޒާރު ހޯދައިފި އެވެ.

މިމުބާރާތުގައި ނަޝާ ވަނީ އޭނާ ވާދަކުރި ތިން އިވެންޓުންވެސް ރަން މެޑަލް ހާސިލްކޮށް، މުޅި މުބާރާތުން 19 އަހަރުން ދަށުގެ ބައިން އެއްވަނަ ދުވުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ނަޝާ މިމުބާރާތުގައި ބައިވެރިވެފައިވާ އިވެންޓުތަކަކީ 100މ ދުވުމާއި 200މ ދުވުމާއި އަދި 400މ ދުވުމުގަ އެވެ.

މީގެ ކުރިން ނަޝާ ހޯދި ކާމިޔާބީތަކަށް ބަލާލާއިރު އޭނާވަނީ 19 ވަނަ މައިލޯ އިންޓަރސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ ބައިން އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމުވެސް ހޯދައިފަ އެވެ.

ނަޝާ ވަނީ މީގެ ކުރިން  200 މީޓަރުގެ ދުވުން 26.17 ސިކުންތުން ނިންމައިގެ ރާއްޖޭގެ ޖޫނިއަރ އެންމެ ބާރު އަންހެން ދުވުންތެރިޔާގެ މަގާމުވެސް ކާމިޔާބުކޮށްފަ އެެވެ.

މިމުބާރާތަށް ޖަލާލުއްދީން ސްކޫލުގެ ފަރާތުން އައްޑުއަށް ދިޔަ ދެވަނަ އެތުލީޓް ޝަމްވީލް މުހައްމަދެވެ. އޭނާ ފުރަތަމަ ދުވަހު ދުވަނިކޮށް ދިމާވި އަނިޔާގެ މައްސަލާގައި އެހެން އިވެންޓްތަކުގައި ވަނީ ބައިވެރިވެވޭގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355