twitterviber whatsapp telegramfacebookyoutube instagram
29th March 2024

އޭއީސީން އެތްލެޓިކްސްގައި ބައިވެރިވި ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔައިފި

Aug 1, 2017

އައްޑޫގައި ކުރިއަށްގެންދިޔަ މަކިޓާ ޖޫނިޔާ އެތުލެޓިކްސް މުބާރާތުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވި ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ދަރިވަރުންނަށް މިއަދު ހެނދުނު ރަށައް އައުމާއިއެކު އެސްކޫލްގެ ބެލެނިވެރިންނާއި މުވައްޒަފުން ގުޅިގެން ވަނީ ދަރިވަރުންނަށް މަރުހަބާ ކިޔާފައިވާއިރު ކޮންމެ ކުއްޖަކަށް ވެލްކަމް ޑްރިންކަކާއިއެކު މާބޮޑިއެއް ވަނީ ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން އެތްލީޓުންނާއި އޮފިޝަލުން ގެއަށް ދިއުމުގެ އިންތިޒާމްވެސް ވަނީ ސްކޫލްގެ ފަރާތުން ހަމަޖައްސައިދީފަ އެވެ. އެގޮތުން ކޮންމެ އެތުލީޓަކަށް ވަނީ ހައްސަކޮށް ކާރެއް ހަމަޖައްސައިދީފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ނިންމާލި މި މުބާރާތުގައި އެ ސްކޫލުން ވަނީ ރަން ވަނަތަކެއް ހާސިލްކޮށް މިމުބާރާތުގައި 4*100 މީޓަރު ރިލޭ އަންހެން ކުދިންގެ ބައިން ރެކޯޑްވެސް ހަދައިފަ އެވެ. އަދި މުޅި މުބާރާތުން އަންހެން ޗެމްޕިއަންކަންވެސް ހޯދާފައިވަނީ އެ ސްކޫލެވެ.

މީގެ އިތުރުން 13 އަހަރުން ދަށުން އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމުވެސް ހޯދާފައިވަނީ އެސްކޫލުންނެވެ. މިމުބާރާތުގައި އެސްކޫލުންވަނީ 16 ގޯލްޑް އާއި 5 ސިލްވާ އަދި 2 ބުރޯންޒް މެޑަލް ހޯދާފަ އެވެ.

އެގޮތުން 100 މީޓަރު ދުވުމުން ދެވަނަ އަދި ތިން ވަނަ، 200 މީޓަރު ދުވުމުން އެއްވަނަ އަދި ދެވަނަ އެ ސްކޫލުން ހޯދާފައިވާއިރު 80 މީޓަރު ދުވުމުންވެސް އެއްވަނަ ހާސިލް ކުރީ އެސްކޫލެވެ. އަދި 600 މީޓަރު އަންހެން ކުދިންގެ ދުވުމުން 1، 2 އަދި 3 ވަނަ 80*8 މީޓަރު ރިލޭއިން އަންހެންކުދިންގެ ބައިން އެއްވަނަ ވެސް ހޯދާފައިވަނީ މި ސްކޫލެވެ.

މިމުބާރާތުގައި ސްކޫލުތަކާއި ކުލަބު ޖަމިއްޔާތަކާއެކު ޖުމްލަ 26 ޓީމް ވާދަކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355