twitterviber whatsapp telegramfacebookyoutube instagram
1st November 2025

ފަންޑް ހޯދުމަށް ހދ އޭއީސީން ސްޓިކާ ވިއްކަނީ

Aug 22, 2017

ފަންޑް ހޯދުމުގެ ގޮތުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްޓިކާ ވިއްކުމުގެ ހަރަކާތެއް މާދަމާ ފަށަނީ އެވެ.

އެއީސީގެ އެޑްމިނިސްޓްރޭޓަރު ފާރިޝް އަބުދުލްޤައްޔޫމް ކޭއޯ އަށް ވިދާޅުވި ގޮތުގައި މި ހަރަކާތަކީ އެ ސްކޫލުގެ އެކި ކަންކަމަށް ފަންޑް ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އެގޮތުން ހަރަކާތުން ލިބޭ ފައިސާއިން ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސްކޫލުގައި ކުރިން ބޭނުންކުރަށް ފެށި ބައެއް ޕްރޮޖެކްޓަރުތައް ހަލާކުވެފައި ހުރުމުން އެތަކެތި ގަތުމަށާއި އަންނަ އަހަރުން ގުރޭޑް 8 އުފެދުމާ ގުޅިގެން އެ ކުލާސްރޫމްތަކަށް ޕްރޮޖެކްޓަރު ގަތުމުގެ އިތުރުން ސްކޫލުގެ ގޯތިތެރޭގައި ގާ އެތުރުމަށް ކަމަށެވެ.

އޯގަސްޓް 23 ން 30 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި ކޮންމެ ބޭފުޅަކަށްވެސް ދުރުވެ ސްޓިކާ ގަނެވޭ އެވެ.

އޭގެ އިތުރުން ސްޓިކާ ގަތުމުގެ އެންމެ ދަށް އަގަކީ 25 ރުފިޔާ ކަމަށާއި އެ ބޭފުޅަކު ބޭނުންވާ އަގަކަށް ސްޓިކާ ގަނެވޭނެ ކަމަށެވެ. އެގޮތުން އެންމެ ބޮޑުއަގުގައި ސްޓިކާ ގަންނަ ފަރާތަކާއި އެންމެ ގިނަ ފައިސާ ހޯދާ ކުލާހަކަށް އިނާމު ދެވޭނެ ކަމަށް ފާރިޝް ވިދާޅުވިއެވެ. އަދި މި ސްޓިކާ ތަކުގެ ތެރޭގައި ސްކޫލުގެ ބައެއް ލޯގޯ އާއި ލިޔުންކޮޅުތަކާއި ފޮޓޯ ހިމެނޭނެ ކަމަށެވެ.

ފާރިޝް ވިދާޅުވި ގޮތުގައި ސްޓިކާ ލިބެން ހުންނާނީ ސްކޫލު އޮފީހުންނާއި ސްކޫލު މަންދޫބުންގެ ފަރާތުން ކަމަށެވެ. އަދި ސްކޫލުގެ މަންދޫބުން ރަށުތޭރޭގައި ސްޓިކާ ވިއްކުގެ ކަންކަން ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355