ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ށ ފޯކައިދޫގައި ސަރުކާރުން އެޅި ފުޓްސަލް ދަނޑު ހުޅުވައިފި އެވެ.
ފުޓްސަލް ދަނޑު ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ދަނޑު ހުޅުވައިދެއްވީ ސްޕޯޓްސް ކޮމިޝަނަރ އަހުމަދު ނާޝިދު އެވެ.
ފޯކައިދޫ ފުޓްސަލް ދަނޑު ސްޕޯޓްސް ކޮމިޝަނާ ހުޅުވައިދެއްވަނީ–
1.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެޅި މިފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްގެންދިޔައީ ތިން ފިޔަވައްސަކަށް ބަހާލައިގެން، ތިން ގުރޫޕަކާ ހަވާލުކޮށްގެންނެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޯކައިދޫގައި ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ ދަނޑު އެޅުމުގައި ރަށުގެ ޒުވާނުންގެ ފަރާތުން ކައުންސިލަށް ވަރަށް ބޮޑު އެއްބާރުލުމެއްދީފައިވާ ކަމަށާއި އެކަމަށްޓަކާ ޒުވާނުންނަށް ޝުކުރުއަދާކުރާކަމަށެވެ.
ފޯކައިދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ވާހަކަދައްކަވަނީ– —
ދަނޑު ހުޅުވުމަށްފަހު ވަނީ ހާއްސަ ފުޓްސަލް މެޗެއް ކުޅެފަ އެވެ. މިމެޗުގައި ބައްދަލުކުރީ ކައުންސިލް މެމްބަރުންގެ ޓީމާކާ މުވައްސަސާތަކުގެ ވެރިންގެ މައްޗަށް ހޮވާލެވުނު ޓީމެކެވެ. ފޯކައިދޫ ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެެ.