twitterviber whatsapp telegramfacebookyoutube instagram
15th August 2026

މެދުކެނޑިފައި އޮތުމަށްފަހު، ހަނިމާދޫ މަގު ހެދުމުގެ އަމަލީ މަސައްކަތް އަލުން ފަށައިފި

Aug 27, 2017

ހދ ހަނިމާދޫގެ މަގު ހެދުމުގެ މަސައްކަތް މެދުކެނޑިފައިވާ އޮތުމަށް ފަހުން އަލުން އިއްޔެ އެމަސައްކަތް ފަށައިފި އެވެ.

ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް ފުރަތަމަ ފައްޓަވއިދެއްވީ 2013 ވަނަ އަހަރު ރައީސް ޑރ މުހައްމަދު ވަހީދު ހަސަންމަނިކެވެ. ނަމަވެސް އެއަށްފަހުން މަސައްކަތް މެދުކެނޑިފަ އޮތުމަށްފަހު އަލުން އަނެއްކާވެސް މަސައްކަތް މިވަނީ ފަށާފަ އެވެ.

އެރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ފަށާ މިހާރު ކުރިއަށްދަނީ ސެޓެލްމަންޓް ޓޭންކް އަދި ހޮޅިވަޅުލުމުގެ މަސައްކަތެވެ. ހަނިމާދޫގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހަދަން ނިންމާފައިވާއިރު އެ ޕްރޮޖެކްޓްގެ ދަށުން 21 މަގެއް ހަދާނެ އެވެ.

އެރަށުގެ މަގުތައް ހެދުމަށް ބޭނުންވާ ޕްރީކާސްޓް މެޓީރިއަލްސް އަދި މެޝިނަރީޒް މިހާރު ވަނީ ގެންގޮސްފައިވާކަމަށް އެމްއާރުޑީސީން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355