twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުޅުދުއްފުށީގައި ފަންޑު ފޮށިތަކެއް ބަހައްޓައިފި

Sep 9, 2017

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ފައިސާ ހޯދުމަށް ކުޅުދުއްފުށީގައި ފަންޑު ފޮށިތަކެއް ބަހައްޓައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ކޭއޯއަށް ވިދާޅުވީ ކައުންސިލުން އިސްނަގައިގެން ރަށުގެ ވިޔަފާރިވެރިންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި ރަށުގެ 12 ފިހާރައެއްގެ އިތުުރުން ރެސްޓޯރެންޓެއްގައި ފަންޑު ފޮށި ބެހެއްޓިފައިވާ ކަމަށެވެ.

މީގެ އިތުރުން އިއްޔެ ވަނީ ހުކުރު ކުރާ މިސްކިތްތަކުގައި ނަމާދު ވަގުތު ފަންޑު ފޮށިތައް ބެހެއްޓި ކަމަށާއި މިއަދު ހޮނިހިރު ބާޒާރު ސަރަހައްދުގައި މެންދުުރުފަހު 2 ޖަހަންދެން ފަންޑު ފޮށި ބަހައްޓާފައި ހުންނާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

ފަންޑު ފޮށި ބެހެއްޓިފައިވާ ފިހާރަތަކަކީ ފަރިރީތި، ރަންނާޅި، ސަތޭކަ، ފުއްކަށި، ވަފާ، އެޑްމޭން، ފެހިދޫލަ، ފްރީޒްލޭންޑް، ތަހުނިޔާ، ޕަސެންޓް، ބަނދަރު އެތުމާ އަދި ރާޅުފިހާރަ އެވެ. މީގެ އިތުރުން ބޭލީފް ރެސްޓޯރެންޓުގައިވެސް ވަނީ ފަންޑް ފޮށި ބަހައްޓާފަ އެވެ.

ލަތީފް ވިދާޅުވީ ރާއްޖެ ޓީވީން ކުރިއަށް ގެންދާ މެރަތޯން އާއި ހަމައަށް ކުޅުދުއްފުށީގައި ފަންޑު ފޮށިތައް ބެހެއްޓިފައި ހުންނާނެ ކަމަށާއި ފަންޑު ފޮށިތަކުން ލިބޭ ރުފިޔާ ފޮނުވަން ހަމަޖެހިފައިވަނީ ރާއްޖޭ ޓީވީންގެ މެރަތޯން އިން ލިބޭ ރުފިޔާ އާއި އެކު ރެޑްކްރެސެންޓާއި ހަވާލުކޮށްގެން ކަމަށެވެ.

އެގޮތުން އުންމީދަކީ ބަގްލަދޭސް ބޯޑަރު ސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ހަމައަށް ފައިސާ ފޯރުކޮށްދިނުން ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355