twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބަހާދަރު ބޯޓުގައި ދުންފަތުގެ ބާވަތްތައް އުފުލާނުދޭތީ އެކަމުގެ އަގުވަޒަންކޮށްފި

Sep 11, 2017

ކުޅުދުއްފުށީ ބަހާދަރު ބޯޓުގައި ދުންފަތުގެ ބާވަތްތައް  އުފުލާ ނުދޭތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން ހަނދާނީ ފިލައެއް އެބޯޓަށް ދީފި އެވެ.

މިހަނދާނީ ފިލައަކީ ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކުގައި އެބޯޓު ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލުން ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދީފައިވާ ހަނދާނީ ފިލަ އެކެވެ.

މިއަދު ހެނދުނު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ހަފްލާއެއްގައި މި ފިލާ ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމެވެ. ބަހާދަރު ބޯޓްގެ ފަރާތުން މި ފިލަޔާ ހަވާލުވީ މިތުރު ޓްރާންސްޕޯޓްގެ ޑައިރެކްޓަރ އަހުމަދު އަސްލަމެވެ.

މިތުރު ކޮންޕެނީގެ ފަރާތުން މައުލޫމާތު ދެމުން މުހައްމަދު ޒުހައިރު ވިދާޅުވީ ދުންފަތުގެ އުފުލުން ހުއްޓާލާފައި ވަނީ 2011 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އަދި ދުންފަތު އުފުލުން ހުއްޓާލާފައި ވަނީ ދުންފަތަކީ ސިއްހަތަށް ނުރައްކާތެރި އެއްޗެއްކަން އެހެންފަރާތްތަކަށް ވިސްނައިދިނުމުގެ ގޮތުން ކަމަށެވެ.

މުހައްމަދު ވިދާޅުވީ ބަހާދަރުގައިސިނގިރޭޓް ބުއިމަށް ވަކި ހާއްސަ ތަނެއް ކަނޑައަޅާފައި ނުވާނެކަމަށާއި ބޯޓުގައި ސިނގިރޭޓް ބޯ ފަރާތްތަކުން އެހެން ޕަސެންޖަރުންނަށް އުނދަގޫ ނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އަންގައިކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ދޯނީގައި މިހާރު މަސައްކަތްކުރާ އެއްވެސް ފަޅުވެރިއަކުވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާކަމަށް މުހައްމަދު ވަނީ ފާހަގަކޮށްފައި އެވެ.

2010 ވަނަ އަހަރުން ފެށިގެން މިތުރު ޕުރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ އެއްވެސް ފިހާރައެއްގައި ދުންފަތުގެ ބާވަތްތަށް ވިއްކުންވެސް ވަނީ ހުއްޓާލާފަ އެވެ.

ބަހާދަރު ބޯޓްގެ އިތުރުން ކުޅުދުއްފުށީ ޖަންބު މާޓް ފިހާރައަށްވެސް ވަނީ މި ފިލާ ލިބިފަ އެވެ. އެފިހާރައަށް ފިލާ ލިބިފައިވަނީ ދުންފަތުގެ ބާވަތްތަށް ނުވިއްކާތީ އެވެ. ޖަންބު މާޓް ހިންގާތާ މިހާރު ގާތްގަނޑަކަށް ހަތަރު އަހަރު ވަނީ ވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355