twitterviber whatsapp telegramfacebookyoutube instagram
18th April 2026

ރޮހިންޔާ ފަންޑަށް ކުޅުދުއްފުށިން 2 ލައްކައެއްހާ ރުފިޔާ !

Sep 11, 2017

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ފަންޑް ހޯދުމަށް ކުޅުދުއްފުށީގައި ބެހެއްޓި ފަންޑު ފޮށިތަކުން 2 ލައްކައެއްހާ ރުފިޔާ ލިބިއްޖެ އެވެ.

ކުޅުދުއްފުށީގެ ވިޔަފާރިންވެރިންނާއި ކައުންސިލުން ގުޅިގެން ކުރިއަށްގެންދިޔަ މިހަރަކާތްގައި 20 ފަންޑްފޮށި ބަހައްޓާފައިވެ އެވެ.

ފަންޑު ފޮށިތައް މިރޭ ގުނާފައިވާއިރު ފޮށިތަކުން  ޖުމްލަ 172297.50 ދިވެހި ރުފިޔާއާއި، 570 އެމެެެރިކާ ޑޮލަރާއި 15 ޔޫރޯއާއި 110 ލަންކާ ރުޕީ އަދި 1000 އިންޑޮނޭޝިއަން ރުޕީ ލިބިފައިވެ އެވެ.

ރާއްޖެ ޓީވީ ކުރިއަށްގެންދާ “މޯލްޑިވްސް ވިތް ރޮހިންޖާ” ތެލެތޯނަށް އެހީވުމަށް ކުރިއަށްގެންދިޔަ މިހަރަކާތް ކުޅުދުއްފުށީގައި ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355