twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލައިފި

Sep 12, 2017

ކުޅުދުއްފުށީ ކޯޕްރެޓިވް ސޮސައިޓީގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ސޮސައިޓިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހިންގާ ކޮމިޓީގެ މެންބަރުންނަށް ވެވޭނީ މަދުވެގެން އެ ސޮސައިޓީގެ 50 ހިއްސާ އޮންނަ ފަރާތްތަކަށް ކަމަށެވެ.

ކުޅުދުއްފުށި ކޯޕަރޭޓިވް ސޮސައިޓީން ހިއްސާ ވިއްކަން ފަށައިފި

އެގޮތުން ހިންގާ ކޮމިޓީއަށް ކުރިމަތި ލުމަށް ހުޅުވާލެވިފައިވަ މަގާމުތަކަކީ:

– ޗެއާރޕާސަން

– ވައިސް ޗެއާރ ޕާސަން

– ސެކެޓްރީ

– ހަޒާންދާރު

– އިތުރު މެންބަރުން (އިތުރު މެންބަރުންގެ ގޮތުގައި ތިބޭނީ 11 މެންބަރުންނެވެ)

އެ ސޮސައިޓީގެ އާންމު ބައްދަލުވުން ސެޕްޓެމްބަރ 22 ވާ ހުކުުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ބައްދަލުވުމުގައި ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކުރުން އޮންނާނެ އެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އައިޑީ ކާޑުގެ ކޮޕީ އާއި ހިއްސާ ސެޓްފިކެޓްގެ ކޮޕީ އާއި އެކު ބޭނުންވާ މަގާމަށް ކުރިމަތިލުމަށް އެދި ސިޓީ ހުށައެޅުއްވުމަށް އެ ސޮސައިޓީން އެދެއެވެ. ސިޓީ ހުށައެޅާނީ ސޮސައިޓީގެ ވަގުތީ އޮފީހަށް ނުވަތަ އެސޮސައިޓީގެ މެއިލް [email protected] އަށް ފޮނުވޭނެ އެވެ.

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ، އުފައްދަން ކައުންސިލުން ނިންމައިފި

ކޯޕަރޭޓިވް ސޮސައިޓީގެ ހިއްސާ މިދިޔަ އޮގަސްޓް މަހުތެރޭގައި ވިއްކަން ފަށާފައިވާއިރު ހިއްސާ ބަލާގަތުމުގެ ފަހު ތާރީހެއް ގޮތުގައި ހަމަޖެއްސީ މި ސެޕްޓެމްބަރ މަހު 10 އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355