twitterviber whatsapp telegramfacebookyoutube instagram
14th September 2025

ނައުމާއަށް އެހީވުމަށް “ޗެރިޓީ ރަން” އެއް ބާއްވަނީ

Sep 12, 2017

ލެއަށް ކެންސަރު ޖެހި އިންޑިޔާގައި ފަރުވާ ހޯދަމުންދާ ކުޅުދުއްފުށީ، ރިހިވެލި ނައުމާ މުހައްމަދު (18އ) އެހީތެރިވުމުގެ ގޮތުން “ޗެރިޓީ ރަން” އެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

“ރަން ފޯ ނައުމާ” ގެ ނަމުގައި ކުރިއަށްގެންދާ މި ދުވުން ކުރިއަށްދާނީ މިމަހު 21 ވަނަ ދުވަހު ހަވީރު 4:00  ކުޅުދުއްފުއްޓާއި ހުޅުމާލޭގަ އެވެ.

އާއިލާއަށް ބޮޑު ޝޮކެއް، ލެއަށް ކެންސަރު ޖެހި އެހީތެރިކަމަށް ބޭނުންވެފަ

މި ހަރަކާތް އިންތިޒާމް ކުރާ މޭޑް ރަނާސްގެ ފަރާތުން ވާހަކަދައްކަމުން ތައުފީގް ބުނީ ނައުމާގެ ބައްޔަށް ފަންޑް ހޯދުމަށް ބާއްވާ މިދުވުމުގައި ބައިވެރިވެވޭނީ ބިބް ގަނެގެން ކަމަށެވެ. 200ރ އަށް ބިބް ވިއްކަން ހަމަޖެހިފައިވާއިރު ކުޅުދުއްފުށިން ބިބް ލިބެން ހުންނާނީ މޯވާ ފިހާރައިންނާއި ޔޫޔޫ ފިހާރައިން އެވެ. މާލެއިން ބިބް ގަންނަށް ލިބެންހުންނާނީ އޯޝަން ސްޕްލެޝް ކަމަށް އެފަރާތުން މައުލޫމާތުދެ އެެވެ.

ތައުފީގް ބުނީ ބިބްސް ވިއްކުމަށްވެސް ތަފާތު ހަރަކާތް ރޭވިފައިވާކަމަށެވެ. އެގޮތުން އޮފީސްތަކަށް ގޮސްގެންވެސް ބިބްސް ވިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި މިދުވުން ކުރިއަށްދާ ވަގުތުގައި ފަންޑް ފޮށިތައް އެސަރަހައްދުތަކުގައި ބެހެއްޓުމަށްވެސް ހަމަޖެހިފައިވެ އެވެ.

ނައުމާއަށް އެހީގެ ގޮތުގައި 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

މިހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ  ނައުމާއަށް ކަމަށާއި މިހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އެފަރާތުން ވަރަށް ބޮޑު އެދުމެއް ކަމަށް ތައުފީގް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355