twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރޮހިންޔާ މުސްލިމުންގެ ހައްގުގައި އިހަވަންދޫގައި އަޑުއުފުލައިފި

Sep 12, 2017

މިޔަންމާގެ ސަރުކާރުން އެގައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުކޮށްވެރިކޮށް  ރޮހިންޔާ މުސްލިމުންގެ ހައްގުގައި ހއ އިހަވަންދޫ ރައްޔިތުން ހިނގާލުމެއް ބާއްވާ އަޑުއުފުލައިފި އެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ހަރާކާތަކީ އިހަވަންދޫ ކައުންސިލާއި ސަރުކާރުގެ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ރޮހިންޔާ މުސްލިމުންގެ ހައްގުގައި އިހަވަންދޫގައި ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއިން–ފޮޓޯ: އިހަވަންދޫ ކައުންސިލް

އިހަވަންދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި އެރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި ރޮހިންގާ މުސްލިމުންގެ ހައްގުގައި އަޑުއުފުލާ، އެ ރައްޔިތުންނާއެކު ތިބިކަން އަންގައިދިނުމުގެ ގޮތުން ޝުއޫރު ލިޔެފައިވާ ބޯޑްތަކާއި ބެނާތައް ވަނީ ބޭނުންކޮށްފަ އެވެ.

މި ހިނގާލުން ނިންމާލުމުގެ ގޮތުން ބައިވެރިން ވަނީ އިހަވަންދޫ ބަނދަރު ސަރަހައްދަށް ޖަމާވެ ރޮހިންޔާ މުސްލިމުންނަށް ނަސްރު ދެއްވުން އެދި ހާއްސަ ދުއާއެއް ކޮށްފައެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ކޭއޯއަށް ވިދާޅުވީ މި ހިނގާލުމުގައި 570 ވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވާ ކަމަށެވެ. ރޮހިންޔާ މުުސްލިމުންނަށް އެހީވުމަށް އިހަވަންދޫގައި މިއަދު ވަނީ 11 ފަންޑް ފޮއްޓެއްވެސް ބަހައްޓާފަ އެވެ. މިފަންޑް ފޮށިތައް ފިހާރަތަކާއި ރެސްޓްރޯންޓްތަކުގައި އަންނަ ހޮނިހިރުދުވަހުގެ ހަވީރާ ހަމައަށް ބަހައްޓާފައި ހުންނާނެކަމަށް މުހައްމަދު ވިދާޅުވި އެވެ.

ރޮހިންޔާ މުސްލިމުންގެ ހައްގުގައި އިހަވަންދޫގައި ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއިން–ފޮޓޯ: އިހަވަންދޫ ކައުންސިލް

އަދި ފަންޑް ރައިޒް ކުރުމަށް އިތުރު ހަރަކާތްތަކެއްވެސް ރާވަމުން އަންނަކަމަށް މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުކުރުދުވަހު ހުކުރު ނަމާދަށް ފަހު ރޮހިންޔާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކޮށްދެއްވުން އެދި އެރަށުގެ ހުކުރު ކުރާ ހަތަރު މިސްކިތުގައި ހުކުރު ނަމާދަށް ފަހު ހާއްސަ ދުއާއެއް ކުރުންމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިހަވަންދޫގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައިވެސް އަންނަނީ ރޮހިންޔާ މުސްލިމުންގެ ހައްގުގައި އަޑުއުފުލައި، ފަންޑް ހޯދުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355