twitterviber whatsapp telegramfacebookyoutube instagram
18th April 2026

ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގައިފި

Sep 13, 2017

ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އަންގައިފި އެވެ.

މިއަދު ހެނދުނު 10:00 އަކުން މާދަމާ ހެނދުނު 10:00 އަށް މޫސުން ގޯސްވެ ރާއްޖޭގެ ހިސާބަކަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

އަދި އުތުރާއި މެދުތެރޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

މެޓް އޮފީލުން މައުލޫމާތު ދޭ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މޫސުން ގޯސްވެ ރާއްޖޭގެ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ށ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދަށް ވައިޓް އެލާޓްވެސް ނެރެފަ އެވެ.

މިއަދު ހެނދުނު 6:15 ގައި މެޓް އޮފީހުން އެލާޓު ނެރެފައި ވަނީ މިއަދު މެންދުރު 14:00 ން ރޭނގަޑު 12:30 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355