twitterviber whatsapp telegramfacebookyoutube instagram
19th April 2024

ވިއްސާރަވުމުގެ ސަބަބުން ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތަށް ބުރޫއަރައިފި

Sep 14, 2017

ވިއްސާރަވުމުގެ ސަބަބުން ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު މަޑުޖެހި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

ހަލުވިކަމާއެކު މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު ފަށައިގެން ހަލުވިކަމާއެކު ކުރިއަށްދަނިކޮށް ވިއްސާރަވެ މޫސުމް ގޯސްވެފައިވަނީ މަގާންމަގުގައި ތާރުއަޅަން ފެށި ތަނާ އެވެ. އެހެންވެ އެމަގުގެ މަސައްކަތްވެސް ވަނީ މަޑުޖެހިފަ އެވެ.

އެމްއާރުޑީސީން ބުނީ ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް އަލުވިކަމާ އެކު ފެށިގެން ކުރިއަށް ދަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން މަގު ހެދުމުގެ މަސައްކަތް މިވަގުތު ބާރު ސްޕީޑްގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ.

ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގައި މި ވަގުތު ކުރިއަށްދަނީ ނިކަގަސްމަގު އަދި މަރުކަޒު މަގު ލެވެލް ކުރުމުގެ މަސައްކަތްކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮމަންޓް ކޯޕަރޭޝަން، އެމްއާރްޑީސީން ބުނެ އެވެ.

މި މަޝްރޫޢުގައި މި މަހުގެ 9 ވަނަ ދުވަހު އެ ރަށު މަގާމް މަގުގައި ތާރު އަޅަން ވަނީ ފަށާފައެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މަގު ހެދުމުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ.

މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ 19 މަގެއްގައި ތާރު އެޅުމައް ވަނީ ހަމަޖެހިފައިވެއެވެ.

މިރަށުގެ 8.5 ކިލޯ މީޓަރުގެ ދިގު ސަރަހައްދެއްގައި ތާރު އަޅުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްއާރްޑީސީން މައުލޫމާތުދޭ ގޮތުގައި ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ ނިޔަލައް ނިންމާލެވޭތޯ ދަނީ މަސައްކަތް ކުރަމުން ކަމަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355