twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކުޅުދުއްފުށީ ޕަބުލިކް ހެލްތްގެ ނަން ” ހދ އެޓޯލް ހެލްތް ސާވިސް ” އަށް ބަދަލުކޮށްފި

Sep 14, 2017

ކުޅުދުއްފުށީ ޕަބުލިކް ހެލްތްގެ ނަން ” ހދ އެޓޯލް ހެލްތް ސާވިސް ” އަށް ބަދަލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އަބުދުލް ހަމީދު ވިދާޅުވީ ކުޅުދުއްފުށީ ޕަބުލިކް ހެލްތް ޔުނިޓްގެ ނަން ހދ އެޓޯލް ހެލްތް ސާވިސްއަށް ބަދަލުކޮށް މިހާރު އެ އޮފީހަށްވެސް އެކަން އަންގާފައިވާނެ ކަމަށެވެ.

ނަން ބަދަލުރިނަމަވެސް ކުރިންވެސް މެއިންޑޭޓްގައި ހުރި ކަންކަންމަށް އެއްވެސް ބަދަލެއް އައިސްފައިނުވާނެ ކަމަށް އޭނާ ވިދާޅުވީ އެވެ. ހދ އެޓޯލް ހެލްތް ސާވިސްގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ މެނޭޖަރު ހެލްތް ސާވިސް އިބުރާހިމް ވަހީދެވެ. އިބުރާހިމް ވަހީދަކީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިސް މަގާމުތަކެއް ގިނަ އަހަރުތަކެއް ވަންދެން ފުރުއްވާފައިވާ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ޕަބްލިކް ހެލްތް ޔުނިޓްގެ ނަން ބަދަލުކޮށްފައި މިވަނީ ކުޅުދުއްފުށީ ސަރަހައްދީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އިންޑިޔާގެ އަމިއްލަ ކުންފުންޏަކަށް ހަވާލުކުރުމުންނެވެ.

ހދ އެޓޯލް ހެލްތް ސާވިސް ހިންގަމުންދަނީ ކުރީގެ އުފަންހިޔާ އިމާރާތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355