twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި އާސަންދަ އޮފީހެއް ގާއިމްކޮށް އަންނަ މަހު ހިދުމަށްދޭން ފަށަނީ

Sep 14, 2017

އާސަންދަ ކޮމްޕެނީގެ ނޮދަރ ރީޖަންގެ އޮފީސް ކުޅުދުއްފުށީގައި ގާއިމްކޮށް އަންނަ މަހު ހިދުމަތްދޭން ފަށާނެކަމަށް އެކޮމްޕެނީގެ ހާމަކޮށްފި އެވެ.

އާސަންދަ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ހަލީލް މިރޭ ކޭއޯއަށް ދެއްވި ހާއްސަ އިންޓަވިއުގެ ވިދާޅުވީ ކުޅުދުއްފުށީގައި ހުޅުވާ އާސަންދަ އޮފީހުގެ ހުރިހާކަމެއް ނިމި އަންނަ އޮކްޓޯބަރުމަހު ހުޅުވާ ރައްޔިތުންނަށް ހިދުމަތްދޭން ފަށާނެ ކަމަށެވެ.

މި އޮފީސް ހުޅުވިގެން ދިޔުމުން ރާއްޖޭއިން ބޭރަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ރިކޮމެންޑްކުރާ ބަލި މީހުންނަށް އާސަންދައިގެ ހުރިހާ ހިދުމަތެއް ހަމަޖައްސާދޭނީ މި އޮފީހުން ކަމަށާއި މިކަމުގެ ސަބަބުން ބަލި މީހުން ރާއްޖޭއިން ބޭރަށް ފޮނުވާލުމުގައި މިސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ހަސަން އަލީ ވިދާޅުވި އެވެ.

ހަސަން އަލީ ވިދާޅުވީ މިކަމުގެ ސަބަބުން ހިދުމަތް އަވަސްވެ، އެތަށްތަނަކުން ވަގުތު ސަލާމަތްކުރެވިގެންދާނެ ކަމަށެވެ. އަދި ފަސޭހަކަމާއެކު އާސަންދަ ހަމަޖެހި ބަލިމީހާ ހަނިމާދޫ މަގުން އިންޑިޔާއަށް ފޮނުވާ ފޮނުވާ ލެވޭނެ އެވެ.

” ކުޅުދުއްފުށީ ހޮސްޕިޓަލުން ބޭސް ފަރުވާއަށް ބަލިމީހަކު ރާއްޖެއިން ބޭރަށް ރިކޮމެންޑްކުރާ ކަމަށްވަނީ ވިއްޔާމުން، އެގޮތަށް ފޮނުވާލަން ޖެހޭ ހާލަތަކުގައި އެ ފޯމްގެ އެޕްރޫވަލް ހޯދަން މާލެ ދާކަށް ނުޖެހޭނެ. އެހިދުމަތް ކުޅުދުއްފުށީގައި ހުޅުވާ އާސަންދަ އޮފީހުން ލިބިގެންދާނެ ” ކުޅުދުއްފުށީގައި ހުންނަވައިގެން ދެއްވި އިންޓަވިއުގައި އެކޮމްޕެނީގެ އެމްޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޯމް ލާތާ ގާތްގަނޑަށް ގަޑިއިރެއްވެސް ނުވަނީ ބަލިމީހާ ބޭރަށް ފޮނުވުމުގައި އާސަންދައިން ފޯރުކޮށްދޭން ޖެހޭ ހުރިހާ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ މިއޮފީހުގެ ހުރިހާ މަސައްކަތެއްހެން މިހާރު ވަނީ ނިމިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355