twitterviber whatsapp telegramfacebookyoutube instagram
4th May 2025

ދިއްދޫ އަޟްހާ އީދު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އައްސޭރި އެފްސީ ހޯދައިފި

Sep 16, 2017

ދިއްދޫ ކައުންސިލުން އިސްނަގައިގެން މި އަހަރު އަޟްހާ އީދުގައި ކުރިއަށް ގެންދިޔަ އަޟްހާ އީދު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އައްސޭރި އެފްސީ ހޯދައިފި އެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި އިއްޔެ ބައްދަލުކުރީ އައްސޭރި އެފްސީ އާއި ދިއްދޫ ޓީން އޭޖް ބޯއީސް ސްޕޯޓް ކްލަބެވެ. މެޗުގެ ކުޅުން ނިމުނީ ދެ ޓީމް 2-2 ން އެއްވަރު ވެގެންނެވެ. އެހެން ކަމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެން 5-6 ގޯލުން އައްސޭރި އެފްސީ މޮޅުވެގެންނެވެ. މި މުބާރާތުގައި ޖުމަލް 19 މެޗެއް ވަނީ ކުޅިފަ އެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ދިިއްދޫ ކައުންސިލްގެ ފުރަތަމަ ދައުުރުގެ ރައީސް މުހައްމަދު ނައީމެވެ. މި ރަސްމިއްޔާތިގައި ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ދިހަ ހާސް ރުފިޔާ ދީފައި ވެއެވެ.

މި މުބާރާތަކީ ދިިއްދޫގެ 3 ވަނަ ދައުރުގެ ކައުންސިލް ގެ އިންތިހާބީ ވައުދެއްގެ ގޮތުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އެގޮތުން މި މުބާރާތް އަންނަ އަހަރުގެ ބޮޑު އީދުގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަން ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355