ކޮކާކޯލާ ގެ އުފެއްދުންތައް ގެއަށް ގެނެސްދޭ މޮބައިލް އެފެއް ތައާރަފް ކޮށްފި އެވެ.
އިއްޔެ ތައާރަފް ކުރި އެ އެފްލިކޭޝަން ބޭނުން ކޮށްގެން އޮންލައިންކޮށް އޯޑަރު ދިނުމުން ގެއާ ހަމައަށް ކޮކާ ކޯލާގެ ކޮންމެ އުފެއްދުމެއްވެސް ގެންގޮސް ދޭނެ އެވެ. އެގޮތުން ސައުވީސް ގަޑިއިރު ތެރޭގައި އޯޑަރު ދޭ ތަނަކަށް ގެންގޮސްދޭ މި އެޕުން ނަގާ އޯޑަރުތަކަށް ވަގުތުން ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.
މި އެފްލިކޭޝަން ތައާރަފްކޮށް ދެއްވީ ރޭ ނޭޝަނަލް އާޓްގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮމިކް މިނިސްޓްރީގރ ޑެފިއުޓީ މިނިސްޓަރު އާދަމް ތައުފީގެވެ.
އިންޑިޔާގެ ކުންފުންޏަކުން ފަރުމާކޮށްފައިވާ “ކޯކް ޓުހޯމް” މޮބައިލް އެޕް ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކޯކުގެ އިތުރުން ކޯކުގެ އުފައްދާ ކުންފުނީގެ ފެނަށްވެސް އޯޑަރު ދެވޭނެ އެވެ.