twitterviber whatsapp telegramfacebookyoutube instagram
15th August 2026

ވެލިގަނޑު ސާފުކޮށް ހަތަރު ޖަންބޯ ބޭގްގެ ޕްލާސްޓިކް ފުޅި ހޮވައިފި

Sep 17, 2017

“ކޯސްޓަލް ކްލީން އަޕް ޑޭ” ކުޅުދުއްފުށީގައި ފާހަގަ ކުރުމަށް ބިލީފްއިން އިސްނަގައިގެން ޕާރލޭ ފޯރ އޯޝަންއާއި ގުޅިގެން ވެލިގަނޑު ސާފުކުރުމަށް ހިންގި ހަރަކާތުގައި ހަތަރު ޖަންބޯގެ ޕްލާސްޓިކް ފުޅި ހޮވާފައިވެ އެވެ.

ބިލީފުން ބުނީ ވެލިގަނޑު ސާފުކުރުމުގެ ހަރަކާތުން ޑަސްޕިން ބޮޑެތި ކޮތަޅުގެ 35 ކޮތަރުގެ ކުނި ނަގާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައިން ހުރީ ޕްލާސްޓިކް ފުޅި ކަމަށެވެ. އެގޮތުން ހަތަރު ޖަންބޯ ބޭގްގެ ޕްލާސްޓިކް ފުޅި ހުއްޓެވެ.

މި ހަރަކާތުގައި ހޮވާފައިވާ ޕްލާސްޓިކް ފުޅި ރީ-ސައިކަލް ނުވަތަ ރީ-ޔޫސް ކުުރުމަށް ޕާރލޭ ފޯ އޯޝަންއަށް ދިނުމަށް ހަމަޖެހިފައިވާކަމަށް ބީލީފުން ބުނެ އެވެ.

ދިރާގުން ސްޕޮންސަރ ކޮށްގެން އިއްޔެ ހަވީރު ވެލިގަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ކުޅުދުއްފުށީ މުވައްސަސާތަކާއި ސްކޫލްތަކުން ވަނީ ބައިވެރިވެފަ އެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ޕާރލޭ ފޯ އޯޝަންއައި ކުޅުދުއްފުށީ ކައުންސިލުން ދީފައިވާ އެހީތެރިކަމަށް ބިލީފުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355