twitterviber whatsapp telegramfacebookyoutube instagram
26th April 2024

އުރީދޫ އަހަރީ އާންމު ޖަލްސާ އޮކްޓޯބަރ 1 ގައި

Sep 17, 2017

އުރީދޫ މޯލްޑިވްސް ގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، އޮކްޓޯބަރު 1 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި ޖަލްސާ އޮކްޓޯބަރު 1 ވާ އާދީއްތަ ދުވަހު ގެ ރޭގަނޑު 8.30 ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2016 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމުގެ އިތުރުން 2016 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމަށް މި ޖަލްސާގެ ޔައުމިއްޔާގައި ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން 2017 ވަނަ އަހަރަށް އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކޮށް ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި އައްޔަން ކުރުމުގެ އިތުރުން ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ ގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރެއް ޢައްޔަންކުރުން ޔައުމިއްޔާގައި ހިމެނިފައި ވެއެެވެ.

ކުންފުނީގެ %90.5 ހިއްސާގެ ވެރިފަރާތްކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލްއަށް ޑިރެކްޓަރުންގެ ބޯޑަށް 7 މެންބަރުން ޢައްޔަންކުރުމުގެ ބާރު ލިބިފައިވެއެވެ. މިގޮތުން ވަތަނިއްޔާ އިންޓަރނޭޝަނަލްއިން ޑިރެކްޓަރުންގެ ބޯޑަށް ޑޮކްޓަރ ޝައިޚާ އަލް-ޖާބިރު އައްޔަންކުރުމަށް ވަނީ ނޮމިނޭޓުކޮށްފައެވެ. އަދި ކުންފުނީގެ ހިއްސާގެެ %9.5 އާންމު ހިއްސާދާރުން ބައްލަވައިގަނެފައިވާތީ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް 1 މެންބަރ އައްޔަންކުރުމުގެ ބާރު ލިބިފައިވެއެވެ.

އެ ކުންފުނީގެ ޑިރެކްޓަރުކަމަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޑިރެކްޓަރުކަމަށް ޝަރުތުހަމަވާ ފަރާތްތަކަކީ އެމްޑީޓީޑީސީގެ ކުރީގެ ބޯޑު މެމްބަރު އިބްރާހިމް ފިރުޝާން އާއި ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފް އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 13 ސެޕްޓެންބަރު 2017 ގެ ހަވީރު 5:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެއެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް “ޕްރީ-ރެޖިސްޓްރޭޝަން ފޯމު” ފުރުއްވުމަށްފަހު 25 ސެޕްޓެމްބަރު 2017 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން ފޯމު ހުށަހެޅުއްވުން އުރީދޫއިން އެދެއެވެ. އެގޮތުން އާންމު ޖަލްސާގައި ބައިވެރިވވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުނާއި ޕްރީ-ރެޖިސްޓަރ ކުރައްވާފައިވާ ބޭފުޅުންވެސް އަހަރީ އާންމު ޖަލްސާ ބޭވުމަށް ހަމަޖެހިވައިވާ ދުވަހުގެ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށްވެސް އުރީދޫއިން އެދެއެވެ.

މީގެ އިތުރުން ޕްރޮކްސީ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، 28 ސެޕްޓެންބަރު 2017 ވާ ބުރާސްފަތު ދުވަހުގެ ހަވީރު 5:00 ގެ ކުރިން ޕްރޮކްސީ ފޯމު ހުށަހެޅުއްވާ، ހުށަހަޅުއްވާފައިވާ ޕްރޮކްސީ ކެންސަލް ކުރައްވަން ބޭނުންފުޅުނަމަ “ޕްރޮކްސީ ރީވޮކޭޝަން ފޯމު” ފުރުއްވުމަށްފަހު، ސެޕްޓެމްބަރު 2017 ވާ ބުރާފަތި ދުވަހުގެ ހަވީރު 5:00 ގެ ކުރިން ފޯމު ހުށަހެޅުއްވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355