twitterviber whatsapp telegramfacebookyoutube instagram
8th May 2024

8 ގަޑިއިރުތެރޭގައި ފަނޑިޔާރުމަގުގައި ތާރުއަޅާ ނިންމާލައިފި

Sep 17, 2017

ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަޝްރޫއު އަލުން ފެށިގެން ހަލުވިކަމާއެކު ކުރިއަށްދާއިރު މިއަދު މިވަނީ އެއްދުވަހުން މަގެއްގައި ތާރުއަޅާ ނިންމާލާފަ އެވެ.

ފަނޑިޔާރުމަގުގައި ތާރުއަޅާ ނިންމާލާފައިމިވަނީ އެންމެ 8 ގަޑިއިރުގެ ތެރޭގައި އެވެ. ފަނޑިޔާރުމަގަކީ ވިއްސާރަވުމުން ވަރަށް ބޮޑަށް ފެންބޮޑުވާ މަގެކެވެ. މިއަދު މިމަގުގައި ތާރުއަޅާ ނިންމާލުމުން އެކަން ފާހަގަކޮށް އެމަގުގައި ދިރިއުޅޭ ރައްޔިތުން ވަނީ ރައީސް ޔާމީނަށް ޝުކުރުއަދާކޮށް ސޯޝަލް މީޑީއާގައި ޝުއުރޫފާޅުކޮށްފަ އެވެ.

256 މީޓަރުގެ މިމަގުގައި ތާރު އަޅަން މިއަދު ފެށީ ހެނދުނު އެވެ. މެންދުރުފަހު ތިން ޖަހާއެހާއިރަށް މަގުގައި ވަނީ ތާރުއަޅާ ނިންމާލާފަ އެވެ.

އޯގަސްޓްމަހުގެ ފަހުކޮޅު ތާރުއެޅުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށްދާއިރު ފުރަތަމަ ތާރުއަޅަން ފެށީ މަގާންމަގުގަ އެވެ. ނަމަވެސް މޫސުމް ގޯސްވުމުގެ ސަބަބުން މަގު ހެދުމުގެ މަސައްކަތް މިވަގުތު އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާކަން އެމްއާރުޑީސީން ފާހަގަކުރެ އެވެ.

ކުޅުދުއްފުށީ ފަނޑިޔާރުމަގުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލާފައި — ފޮޓޯ: އެމްއާރްޑީސީ

އަދި މޫސުމް ރަނގަޅުވިހާ އަވަހަކަށް ކަނޑައެޅިފައިވާ ތާވަލާއެގޮތަށް ކުރިއަށްގެންދާނެކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ. އަދި އަންގާރަދުވަހާ ހަމައަށް މަގާންމަގުގެ ތާރުއަޅާ ނިންމާލެވޭނެކަމަށް އެމްއާރުޑީސީން ލަފާކުރެ އެވެ.

މިރަށުގެ 19 މަގެއް ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަޝްރޫއުއަށް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާއިރު 5.8 ކިލޯމީޓަރުގެ ތާރުއެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއާރުޑީސީން ދަނީ މިއަހަރުގެ ނިޔަލަށް ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަޝްރޫއު ނިންމާލެވޭތޯ މަސައްކަތްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355