twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިއްދޫގެ ރޯހައުސްތަކުގެ މައްސަލަ އޭއީސީއަށް ހުށަހަޅައިފި

Sep 18, 2017

ހއ.ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތައް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފުރާސްޓުރަކްޗަރ އިން ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާކަމަށް ކަންތައްތަކެއް ހިނގާފައިވާކަމަށް ތުހުމަތުކޮށް އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފި އެވެ.

ދިއްދޫ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދިއްދޫގައި އިމާރާތްކުރެވިފައިވާ 250 ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ދިއްދޫ ރައްޔިތުންނަށް ހާއްސަކުރެވިފައިވާ 125 ހައުސިންގ ޔުނިޓް (ކެޓަގަރީ އޭ) އާއި ރަށުން ބޭރު ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 15 ހައުސިންގ ޔުނިޓް (ކެޓަގަރީ ބީ) އާއެކު ޖުމްލަ 140 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް އެދި ފޯމް ހުށައެޅުމަށް ދިއްދޫ ކައުންސިލުން 19 އެޕްރީލް 2015 ގައި ކުރި އިއުލާނާ ގުޅިގެން ކެޓަގަރީ އޭ އަށް 389 ފަރާތަކުން އަދި ކެޓަގަރީ ބީ އަށް 51 ފަރާތަކުން ވަނީ ފޯމް ހުށައަޅާގައި ކަމަށެވެ. އަދި އެކަމާ ގުޅިގެން ދިއްދޫ ކައުންސިލުން 2 އަހަރަށް ވުރެ ގިނަ ދުވަހު އެ ފަރާތްތަކުގެ މައުލޫމާތު ސައްހަކުރުމާއި ފޯމްތައް އިވޭލުއޭޓްކުރުމުގެ މަސައްކަތް ވަނީ ކޮށްފައި ކަމަށެވެ.

އަދި 25 ޖޫން 2017 ވަނަ ދުވަހު އެ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތް އެނގޭ ގޮތަށް ތަފްސީލް ވަގުތީ ލިސްޓް ދިއްދޫ ކައުންސިލާ އިއުލާން ކުރި ކަމަށެވެ. އަދި އެ ޕޮއިންޓްތަކާމެދު ޝައުކާއެއްވާނަމަ 17 އޮގަސްޓްގެ ކުރިން ޝަކުވާ ހުށައެޅުމަށް ރައްޔިތުނަށް ދީފައިވާނެ ކަމަށެވެ. އެހެންނަމަވެސް 2 ޖުލައި ގައި ހައުސިންގ މިނިޓްރީން ކައުންސިލަށް ފޮނުއްވި ސިޓީގައި މި ދެންނެވި ހައުސިން ޔުނިޓްތަކާ ބެހޭ ގޮތުން އެ މިނިސްޓްރީން އިތުރަށް ބަލަމުންދާ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވެ، ކައުންސިލުމް ކޮށްފައިވާ އިއުލާން ބާތިލް ކުރުމަށް ފަހު އެ މިނިސްޓްރީން ބަލަމުންދާ ކަންކަން ބަލައި ނިމުނުން ލިސްޓް އަލުން އިއުލާން ކުރާނެ ކަމަށް ސިޓީގައި ވިދާޅުވެފައިވާ ކަމަށެވެ.

އެ ސިޓީއަށްފަހު ހައުސިންގ ޔުނިޓްތަކަކަށް އެދި އެ ކައުންސިލަށް ރައްޔިތުން ހުށައަޅާގައިވާ ފޯމްތަކާއި ޕޮއިންޓް ލިިބިފައިވާ ގޮތުގެ ތަފްސީލް ލިސްޓްތައް މިނިސްޓްރީގެ އެދުމުގެ މަތިން ފޮނުވި ކަމަށާއި އެއަށް ފަހު މިނިސްޓްރީން ހަބަރެއް ނުވާ ކަމަށެވެ. އަދި ކުއްލިއަކަށް އެނގުނީ 14 ސެޕްޓެންބަރ 2017 ވަނަ ދުވަހުގެ ރޭ ސަރުކާރުގެ “ގެދޮރުވެރިކުރުން” ޕްރޮގުރާމުގެ ދަށުން ހައުސިންގ ޔުނިޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، ދިއްދޫ ކެޓަގަރީ އޭ އާއި ކެޓަގަރީ ބީ ގެ ހައުސިންގ ޔުނިޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް އިއުލާންކޮށް ޝަކުވާ ހުށައެޅުމަށް ހުޅުވާލުމަށް އިއުލާނެއް ކޮށްފައިވާ ކަމަށެވެ. އަދި އެ އިއުލާން ދިއްދޫ ކައުންސިލް އިދާރާގެ ނޯޓިސްބޯޑުގައި އާއި ދިއްދޫގައި ސަރުކާރުގެ އިއުލާން ހުންނަ ތަންތަނުގައި ބެހެއްޓިފައި ހުންނާނެ ކަމަށް މިނިސްޓްރީން ނެރެފައިވާ އިއުލާނުގައި ބުނި ނަމަވެސް އެ އިއުލާން ބެހެއްޓުމަށް ކައުންސިލަށް އަންގަވާފައިވެސް ނުވާކަށް އެ ބަޔާނުގައި ވެއެވެ.

އަދި އެއީ މިނިސްޓްރީން ކަނޑައެޅިގެން ހަގީގަތާއި ހިލާފަށް ވިދާޅުވެފައިވާ ވިދާޅުވުމެއް ކަމަށް ބުނެފައި ވެއެވެ.

ރޯހައުސްތައް ބަހާލުމުގައި އިންސާފެއް ނެތް، ދީފައިވަނީ ޕީޕީއެމް ފަރާތްތަކަށް: ދިއްދޫ ކައުންސިލް

އޭގެ އިތުރުން އެ ފޯމްތައް ކައުންސިލުން އެ މިނިސްޓްރީއަށް ފޮނުވި ފަހުން، ކުއްލިއަކަށް ފޯމް ހުށައެޅި ގިނަ ފަރާތްތަކަކަށް ކޮންމެވެސް ފަރާތަކުން ފޯން ކޯލްތަކެއް ލިބެންފެށި ކަމަށާއި، އެ ފޯން ކޯލްތަކުން ރައީސް ޔާމީނަށް 2018 ގައި ވޯޓް ދޭނަންތޯ ފަދަ ސުވާލުތަކެއް ކުރި ކަމަށް ބުނެ މަދުވެގެެން 10 ފަރާތަކުން އެކަމުގެ ޝަކުވާ ކައުންސިލަށް ހާޟިރުވެ ކުރި ކަމަށް ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

އަދި މިނިސްޓްރީން ކުރެއްވި ހައުސިން ޔުނިޓް އާންމު ކުރުމަށް ކޮށްފައިވާ އިއުލާނުގައި ހަމައެކަނި އާންމު ކުރެވިފައިވަނީ ފޯމް ނަންބަރު ކަމަށާއި އެ ލިސްޓާ ގުޅިގެން ޝަކުވާއެއްވާ ނަމަ 24 ސެޕްޓެންބަރުގެ ކުރިންް މިނިސްޓްރީއަށް ހުށައެޅުމަށް އަންގާފައި ވެއެވެ.

އެގޮތުން ދިއްދޫގައި އިމާރާތް ކުރެވިފައިވާ ހައުސިން ޔުނިޓް ތައް ހައުސިން މިނިސްޓްރީން ދޫކުރެއްވި ގޮތާބެހޭގޮތުން ރައްޔިތުންގެ ގިނަ ބަޔަކަށާއި ކައުންސިލަށް ފާހަގަ ކުރެވުނު 10 ކަމެއް މި ލިންކުއިން ލިބެންހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355