twitterviber whatsapp telegramfacebookyoutube instagram
24th May 2025

އެމްއޭއެމް ބިޒްނަސް ސްކޫލެއް މާލޭގައި ހުޅުވައިފި

Sep 19, 2017

މެރިޓައިމް އެކަޑަމީ މޯލްޑިވްސްގެ ދަށުން އެމްއޭއެމް ބިޒްނަސް ސްކޫލުގެ ނަމުގައި އައު ބިޒްނަސް ސްކޫލެއް ހުޅުވައިފި އެވެ.

ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރެވެ.

މެރިޓައިމް އެކަޑަމީ މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި އަގުހެޔޮ، ފެންވަރު ރަނގަޅު ތައުލީމް ފޯރިކޮށްދިނުމުގެ އުންމީދުގައި އެމް.އޭ.އެމް ބިޒްނަސް ސްކޫލު އިފްތިތާހްކޮށްފައިވަނީ ސެޓްފިކެޓް 3،4 އަދި ޑިޕްލޮމާ ކޯސްތަކާއެކުގައި ކަމަށެވެ.

އަދި މިކޯސްތައް ބެހިގެންދާ 6 ދާއިރާ ތެރޭގައި، ހިޔުމަން ރިސޯސް މެނޭޖްމެންޓާއި، ބިޒްނަސް މެނޭޖްމެންޓާއި، އަރލީ ޗައިލްޑްހުޑް، ޓްރެވެލް އެންޑް ޓޫރިޒަމް މެނޭޖްމެންޓް އަދި ޕްރޮޖެކްޓް މެނޭޖްމެންޓްގެ އިތުރުން އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް ހިމެނޭ ކަމަށެވެ.

އެފަރާތުން މައުލޫމާތުދޭ ގޮތުގައި އެމް.އޭ.އެމް ބިޒްނަސް ސްކޫލްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުވަނީ އޮކްޓޯބަރ 5 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައި ކަމަށާއި މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެމް.އޭ.އެމް ބިޒްނަސް ސްކޫލް ވެބްސައިޓްއިން ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ބޯޓު ދަތުރު ފަތުރުގެ ދާއިރާއިން އެތަކެއް ކޯސްތަކެއް ހަލުވިކަމާއެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން މެނޭޖްމެންޓް ކޯސްތަކެއްވެސް ވަނީ ނ. އަތޮޅުގައި ފައްޓާފައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355