twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބިލެއްފަހީ އިންޖީނު ގޭގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެ

Sep 24, 2017

ށ ބިލެއްފަހީ އިންޖީނު ގޭގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި އިންޖީނުގެ އަނދައި ހުލިވެއްޖެ އެވެ.

ރޭ ގާތްގަނޑަށް 11:35 ހާއިރު ހިނގި މިހާދިސާގައި އަލިފާން ނިންވާލެވިފައިވަނީ ރަށުގެ ހުރިހާ ރައްޔިތުންނާއި ށ ގާކޮށިނބީގެ އެހީތެރިކަމާއެކު ރޭ ތިން ޖެހިފަހުން ކަމަށް ކައުންސިލުން ބުނެ އެވެ. އަލިފާނުގެ މިހާދިސާ ހިނގި އިރު ޑިއުޓީގައި ދެމުވައްޒަފުން ތިބިނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

ކައުންސިލް ރައީސް އަބުދުﷲ ޒިޔާދު ކޭއޯއަށް ވިދާޅުވީ ބެލެވޭގޮތުގައި މިހާދިސާ ހިންގަން ދިމާވީ އިންޖީނެއްގެ ޓާބޯގައި ހުޅުހިފައިގެން ކޮންޓޯލް ނުކުރެވި އަލިފާންގަނޑު މުޅި އިންޖީނުގެއަށް ފެތުރިގެން ކަމަށެވެ.

ބިލެއްފަހީ އިންޖީނު ގޭގައި އަލިފާން ރޯވެ އަނދައި ހުލިވެފަ–

މިހާދިސާގައި އިންޖީނުގެ އެކޮށްހެންވަނީ އަނދައި ހުލިވެފައިވެ އެވެ. ތިން އިންޖީނު ހުންނައިރު ފުރަތަމަ އަލިފާން ރޯވެފައިވަނީ ބެލެވޭގޮތުގައި 112 ކިލޯވޯޓްގެ އިންޖީނުގައި އެެވެ. އެރަށު އިންޖީނުގެ ގޭގައި ދެން ހުންނަނީ 80 ކިލޯވޯޓްގެ އިންޖީނަކާއި 120 ކިލޯވޯޓްގެ އިންޖީނެކެވެ. އަލިފާނުގެ މިހާދިސާގައި ތިން އިންޖީނާއި އެތަނުގައި ހުރިހާ އެއްޗެއް ވަނީ ބޭނުންނުކުރެވޭވަރަށް އަނދައިފަކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

ބިލެއްފަހީ އިންޖީނު ގޭގައި އަލިފާން ރޯވެ އަނދައި ހުލިވެފަ–

އަބުދުﷲ ޒިޔާދު ވިދާޅުވީ ފެނަކައާ ގުޅިގެން މިއަދުގެ ވަގުތެއްގައި ރަށަށް އަލުން ކަރަންޓް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ކައުންސިލުން އެދުނު އެދުމަށް އިޖާބަދީ ކައިރީގައި އޮންނަ ގާކޮށިނބީ މެނޭޖްމަންޓް ފޯރުކޮށްދިން އެއްބާރުލުމަށާއި ރަށުގެ ހުރިހާ ރައްޔިތުން އަލިފާންގަނޑު ނިންވާލުމަށް ދެއްކި އެކުވެރިކަމަށްޓަކައި އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް އޭނާ ވަނީ ޝުކުރުއަދާކޮށްފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355