twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޓްރޭޑް ފެއަރގައި ބައިވެރިވުމަށް ހުޅުވާލައިފި

Sep 26, 2017

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރިންގެ ފެއަރ ގައި ބައިވެރިވުމުގެ ފުރުސަތު ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭގެ ފަރާތުން އިންތިޒާމްކުރާ މި ޓްރޭޑް ފެއަރ މިއަހަރު ބާއްވަން ނިންމާފައިވަނީ ޑިސެމްބަރު 1 އިން 5 ޖަލާލުއްދީން ސްކޫލުގަ އެވެ.

މި ފެއަރ ގައި ބައިވެރިވުމުގެ ފުރުސަތު އޮކްޓޯބަރ މަހު 15 ގެ ނިލަޔަށް ވަނީ ހުޅުވާލާފަ އެވެ. ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެސްކޫލުގެ ނަމްބަރު 6528859 ގުޅުއްވާ ނަންނޯޓްކުރުމަށް އެ ސްކޫލުން އެދެއެވެ.

މިދިޔަ އަހަރުވެސް ވަރަށް ކާމިޔާބުކޮށް ކުރިއަށްދިޔަ މިފެއަރގައި ގިނަ އަދަދެއްގެ ވިޔަފާރިތަކަކުން ވަނީ ބައިވެރިވެފަ އެވެ.

މިފެއަރ ގައި ގިނަ އަދަދެއްގެ މުދާ އެއްތަނަކުން އަގުހެޔޮކޮށް ލިބެން ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355