twitterviber whatsapp telegramfacebookyoutube instagram
30th March 2026

ކަލާސް އެވޯޑުގެ ގަދަ 4 ވަނާގައި ނަޝާ ހިމެނިއްޖެ

Sep 27, 2017

ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ “ނެސްލޭ މައިލޯ ކަލާސް އެވޯޑު”ގެ މިއަހަރު ގަދަ ހަތަރުވަނާގައި ޖަލާލުއްދީން ސްކޫލުގެ ޒުވާން ދުވުންތެރިޔާ ނަޝާ ނިޒާރު ހިމެނިއްޖެ އެވެ.

100 މީޓަރުގެ ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ނަޝާ މިއަހަރުގެ ކަލާސް އެވޯޑް ހަފުލާގައިވަނީ ސްޕެޝަލް އެވޯޑާއި، އަންޑަރ 18 ވިނާސް އެވޯޑާއި، އައުޓްސްޓޭޑިންގ އެތުލީޓްގެ އެވޯޑެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި މި އަހަރުގެ ކަލާސް އެވޯޑް ހަފުލާގައި ހާއްސާ އެވޯޑްތަށް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ކުޅުދުއްފުއްޓަށް އުފަން ނަޝާ ނިޒާރަކީ އެތުލެޓިކްސް ދާއިރާގައި ފަޙްރުވެރި ކާމިޔާބީތަކެއް ހޯދަމުން އަންނަ އުންމީދީ ދުވުންތެރިޔެކެވެ. އެގޮތުން މިދިޔަ އަހަރު މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް އާއި މަކިޓާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބެސްޓް އެތުލީޓްގެ މަގާމު ހޯދާފަ އެވެ.

ވޭތުނާމުގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި ނަޝާ ދުވެ އޭނާ އަމިއްލަ ރެކޯޑް ވަނީ އާކޮށްފަ އެވެ. އިންޑިޔާގެ ބެންގަލޫރުގައި ދުވެ 4*100 މީޓަރު ރިލޭއިން ހަތަރުވަނަ ހޯދާފައިވެ އެވެ. ގައުމީ މުބާރާތަކުން ކޮންމެ އަހަރުކުވެސް ގޯލްޑް މެޑަލް ނަޝާ ހޯދަ އެވެ.

2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ކަލާސް އެވޯޑު މިއަހަރު ވަނީ 13 ކުޅިވަރަކުން 169 ދަރިވަރުން ހޯދައިފަ އެވެ. މިއަހަރު އެވޯޑް ހޯދި ދަރިވަރުންގެ އަދަދު ވަނީ 17 އިންސަތަ އިތުރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355