twitterviber whatsapp telegramfacebookyoutube instagram
25th May 2025

ދިއްދޫ ކައުންސިލުގެ ރައީސް ސަސްޕެންޑްކުރުމުން ރައީސް ނަޝީދު އެލްޖީއޭއަށް ފާޑުވިދާޅުވެއްޖެ

Sep 29, 2017

ހއ ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމް ސަސްޕެންޑްކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެލްޖީއޭއަށް ފާޑުވިދާޅުވެއްޖެ އެވެ.

އެލްޖީއޭއިން ދިއްދޫ ކައުންސިލްގެ ނައިބު ރައީސްއަށް އިއްޔެ ފޮނުވި ސިޓީގައި ބުނެފައިވަނީ ދިއްދޫގައި ހައުސިންގ މިނިސްޓްރީން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް ތައްޔާރުކޮށް އެމިނިސްޓްރީން އިއުލާންކޮށްފައިވަނިކޮށް ކައުންސިލްގެ ރައީސް އަލީ ހާޝިމް އެލިސްޓާ ހިލާފަށް ކައުންސިލުން އައު ލިސްޓެއް ނެރޭނެކަން ދޭހަވާފަދަ އިބާރާތަކުން އާއްމު ފަރާތްތަކަށް ސިޓީ ފޮނުވާފައިވާކަމަށް ބުނެ އެވެ. އެމައްސަލަ އެލްޖީއޭއިން ބަލަންދެން މުއްދަތެއް ނެތްގޮތަށް މުސާރައާ ހިނާޔަތްތަށް ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އަލީ ހާޝިމް ސަސްފެންޑްކުރުމުން އެލްޖީއޭއަށް ފާޑުވިދާޅުވެ ރައީސް ނަޝީދުކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަލީ ހާޝިމް ސަސްޕެންޑްކުރުމުގެ އެއްވެސް ގާނޫނީ ބާރެއް އެލްޖީއޭއަށް ލިބިގެންނުވާ ކަމަށެވެ. އަދި ފުލެޓްތަކުން ވައްކަންކުރުން ހުއްޓުވަން ދިއްދޫ ކައުންސިލްކުރާ މަސައްކަތްތަށް ސާބަސް ދެއްވާފައިވެ އެވެ.

Councilor Ali Hashim suspend kurumuge evves qaanoonee baareh LGA ah libigen nuvey. Flat thakuge vahkan huhtuvaa! Saabas Dhidhoo Council!

— Mohamed Nasheed (@MohamedNasheed) September 28, 2017

ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބުދުލް ލަތީފް މުހައްމަދުވެސް ވަނީ އަލީ ހާޝިމް ސަސްޕެންޑްކުރުމުން އެކަމާ ހިތާމަކުރައްވާކަމަށާއި އެލްޖީއޭގެ އެއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ ބަސްބުނާ ހުރިހާ ފަރާތްތަކެއް ބިރުދައްކައި، އެކަހެރިކުރުމުން އެއީ ފިނޑި އަމަލެއްކަމަށް ވިދާޅުވެ އަބުދުލް ލަތީފްވަނީ އެލްޖީއޭއަށް ފާޑުވިދާޅުވެފަ އެވެ.

އެލްޖީއޭގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ނަމޫނާ ދައްކުވައިދޭންޖެހޭ މަގާމެއްގައި ހުރެ އެކަށީގެން ނުވާ އިބާރާތްތަކުން ދައުލަތުގެ މުއައްސަސާތަކުގެ އަގުވެއްޓޭގޮތަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމުގެ ޝަކުވާ ހުށަހެޅިފައިވާ ކަމަށެވެ. .

އެލްޖީއޭ އިން ހާޝިމް ސަސްޕެންޑް ކުރީ އޭނާއާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ބަލައި ވަކި ގޮތެއް ކަނޑައަޅަންދެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355