ޒިގްޒެގް ދަނޑު ތައްޔާރުކޮށް އަލުން އެދަނޑުގައި ކުޅެން ފަށައިފި އެވެ.
ޒިގްޒެގް ދަނޑުގެ ބިމު އަޑީގައި ޓޭންކްތަކެއް ބަހައްޓައިގެން ރަށު ތެރޭގައި ހެދޭ ފެންގަނޑުތައް ހިންދުމަށް މިދިޔަ އަހަރު ޓޭންކް ވަޅުލުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ސަބަބުން އެ ދަނޑުގެ ކުޅުން ވަނީ މެދުކެނޑިފަ އެވެ.
އިއްޔެ ދަނޑު ރަސްމީކޮށް ހުޅުވުމަށް ހާއްސަ މެޗެއް ކުޅެފައިވާއިރު މިއަދުވެސް ވަނީ މެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ. އަދި ކުރިއަށް އޮތް ހދ އަތޮޅު މުބާރާތުގެ ޒިގްޒެގް ޓީމްގެ ޕްރެކްޓިސްވެސް ކުރިއަށްދާނީ އެ ދަނޑުގައި ކަމަށް ޒިގްޒެގްއިން މައުލޫމާތު ދެއެވެ.
ޒިިގްޒެގުން ބުނީ ދަނޑު ތަރައްގީ ކުރުމަށް އެކިކަން ކަން ރޭވިފައިވާ ކަމަށާއި އެކަމަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އެގޮތުން ދަނޑު ވަށައިގެން ފެންސު ޖެހުމަށް ހަމަޖެހިފައިވެ އެވެ.
އިއްޔެ ދަނޑު ހުޅުވި ކަމުގައި ވިޔަސް މި އަހަރު ބޭއްވި ޒިގްޒެގް ރަމަޟާން ކަޕްގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ޒިގްޒެގް ދަނޑުގެ އެއްބައިގަ އެވެ.