twitterviber whatsapp telegramfacebookyoutube instagram
15th July 2026

ދިއްދޫ އެއްލައްކަ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Oct 1, 2017

ހއ ދިއްދޫގައި ބާއްވަމުން އަންނަ އެއްލަައްކަ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފްގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތް ބާއްވާތާ މިއީ ހަތަރުވަނަ ފަހަރެވެ.

އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖީސްޓްރީ ކޮށްފައިވާ ދިއްދޫގެ ކުލަބް ޖަމިއްޔާތަކަށް ކަމަށެވެ.

އަދި ބައިވެރިވުމަށް އެދޭ ފޯމް އެމްޕީ ލަތީފްގެ އޮފީހުން މެންދުރުފަހު 16:00 ން 17:00 އަށް އަދި ރޭގަނޑު 20:30 ން 22:00 އަށް ލިބެން ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ފޯމް ފުރިހަމަ ކުރުމަށްފަހު މިމަހުގެ 14 ވަނަ ދުވަހުގެ 22:00 ގެ ކުރިން [email protected] އަށް މެއިލް ކުރުމަށާއި އިތުރު މައުލޫމާތަށް 7999913 އަށް ގުޅުމަށް އިއުލާނުގައި ވެއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހު ކަމަށްވާއިރު އެއްވަނަ އަށްދާ ޓީމަކަށް އެއްލައްކަ ރުފިޔާ ލިބޭ މި މުބާރަތަކީ އަތޮޅު ތެރޭގައި ކުރިއަށްދާ އެންމެ އަގުބޮޑު އެއް މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355