twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހދ. އޭއީސީ ޖަންބަލް ސޭލްއިން 1 ލައްކަ އަށްވުރެ ގިނަ ރުފިޔާ !

Oct 7, 2017

ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި އިއްޔެ ބޭއްވި ކާބޯތަކެތީގެ މަރުކަޒަކާއި އޭތިމީތި ސޭލް އިން 112،593.50 ރުފިޔާ ހޯދައިފި އެވެ.

އޭއީސީ ހޯލްގެ އިތުރުން ބައެއް ކުލާސްރޫމް ތަކުގައި 18 ސްޓޯލާއެކު ކުރިއަށް ގެންދިޔަ މި ސޭލްގައި މުޅި ޖުމްލަ އެންމެ ގިނަ ރުފިޔާ ހޯދައިފައިވަނީ ގުރޭޑް 1 ގެ ބެލެނިވެރިންނެވެ. އެއީ 16،872 ރުފިޔާ އެވެ.

އަދި ކުލާސްރޫމްތަކުގެ ތެރެއިން އެންމެ ގިނަ ރުފިޔާ ހޯދާފައި ވަނީ 4586 ރުފިޔާއާއި އެކު 5އޭ ކުލާހެވެ. މި މައުރަޒުގައި ތަފާތު ވައްތަރުގެ ލުއި ކާބޯތަކެއްޗާއި ރާއްޖޭގައި ހައްދައި މޭވާ އާއި ތަރުކާރީގެ އިތުރުން އަންނައުނާއި ހިފާ ގެންގުޅޭ ސާމާނާއި ގަސްފަދަ ތަކެތި ވަނީ ވިއްކާފަ އެވެ.

މި ފައިސާ ހަރަދު ކުރަން ހަމަޖެހިފައިވަނީ ސްކޫލުގެ ކުލާސްރޫމްތަކުގައި ހަލާކުވެފައި ހުރި ޓީވީ ބަދަލުކުރުމަށާއި ސްކޫލް ގޯތިތެރޭގައި ގާ އެޅުމުގެ އިތުރުން ކުލާސްރޫމްތަކުގައި ބޯޑެއް ހަރުކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355