twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޖަލާލުއްދީން ސްކޫލުގައި މަތީ ސާނަވީ އިތުރަށް ފުޅާކުރަނީ

Oct 7, 2017

ޖަލާލުއްދީން ސްކޫލުގައި މަތީ ސާނަވީ އިތުރަށް ވަރުގަދަކޮށް، ފުޅާކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފި އެވެ.

ގުރޭޑް 8 ން 12 ކިޔަވައިދޭ އެސްކޫލުގައި ދެން ފެނިގެންދާނީ ހަމައެކަނި މަތީ ސާނަވީއަށް ހާއްސަ ސްކޫލެއްގެ ގޮތުގައި އެވެ. އަންނަ އަހަރު އެސްކޫލުގައި ގުރޭޑް އަށެއް ނޯނާނެ އެވެ. އޭގެ ބަދަލުގައި އަށެއް އުފެދިގެންދާނީ ހދ އޭއީސީގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ ކުރިއަށް އޮތްތާ ޖަލާލުއްދީން ސްކޫލު ބަދަލުވެގެންދާނީ މަތީ ސާނަވީއަށް ހާއްސަ ސްކޫލެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެސްކޫލުގައި މަތީ ސާނަވީ ފުޅާކޮށް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

“ޖަލާލުއްދީން މަތީ ސާނަވީ ފުޅާ ކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން މި ކުރަނީ. ބޮޑަށް ވަރުގަދަކޮށް، ބީޓެކްވެސް އިތުރަށް ފުޅާވެގެން އަންނާނ. އަޅުގަނޑު ބޮޑަށް މި ބަލަނީ ކޮންމެ ކުއްޖަކީވެސް 10 ނިންމާފަ ގުރޭޑް ބާރައަށް އާދެވޭނެ ކުއްޖަކަށް ހެދޭތޯ، އެފުރުސަތު ހޯދައިދިނުން މަސައްކަތް މިކުރަނީ. އެހެންވީމާ ޖަލާލުއްދީންވެސް އެ ހުރިގޮތަށް ހުންނާނެ ޖަލާލުއްދީންއަށް މަތީ ސާނަވީ އަޅުގަނޑުމެން އިތުރުކުރަމުން ގެންދާނީ. ” އެޑިއުކޭޝަންގެ ޕޮލިސީ ޕްލޭނިންގ އޮފިޝަލަކު ވިދާޅުވި އެވެ.

ކުރިއަށް އޮތްތަކުގައި ޖަލާލުއްދީން ސްކޫލު ބަދަލުވެގެންދާނީ މިނީ ކޮލެޖަކަށް ތޯ  އެހުމުން އޮފިޝަލު ވިދާޅުވީ އެ ވިސްނުން މިނިސްޓްރީން އެބަ ގެންގުޅޭކަމަށެވެ. އެންމެ ރަނގަޅު ނަތީޖާ ނުލިބޭ ކުދިންނަށް ދަސްވާރު ޕްރޮގުރާމުގެ ތެރެއިން އެމަސައްކަތް ކުރެވޭ ކަމަށެވެ.

“އެންމެ ކުއްޖަކުވެސް އަޅުގަނޑުމެން ބާކީ ނުކޮށް ކޮންމެ ކުއްޖަކީވެސް ވަޒީފާއެއް ލިބޭނެ ކުއްޖަކަށް ހެދުން ބޭނުމަކީ. އެހެންވީމާ އެ ހުރިހާ ފުރުސަތުތަކެއްވެސް އަޅުގަނޑުމެން ފަހި ކޮށްދެމުން ދާނީ. ”

އަންނަ އަހަރު ފެބްރުއަރީ މަހު މަތީ ސާނަވީގެ ދިރާސީ އާ އަހަރު ފަށާއިރު އެހިސާބަށް ޖަލާލުއްދީންވެސް އޮންނާނީ އެހުރިހާ ކަމަކަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355