ދިވެހި ޕާސްޕޯޓުގެ ބަދަލުގައި ބޭނުން ކުރެވެނެ ޕާސްޕޯޓް ކާޑު ރާއްޖެއަށް މިއަދު ތައާރަފްކޮށްފި އެވެ.
ބައިނަލްއަޤުވާމީ ދަތުރުތަކުގެ އިތުރުން އެތެރޭގެ އުދުންތަކުގައިވެސް ބޭނުންކުރެވޭނެ މި ކާޑު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.
އިމިގްރޭޝަނުން މައުލޫމާތު ދޭގޮތުގައި މި ކާޑު ބޭނުންކޮށްގެން އޭޓީއެމުން ފައިސާ ނެގުމާއި ޑްރައިވިން ލައިސަންސްގެ އިތުރުން ވިޔަފާރިކުރުމުގައިވެސް މި ކާޑް ބޭނުންކުރެވޭނެ ކަމަށާއި ފޮލީ ކާރބަން މެޓީރިއަލް ތައްޔާރުކޮށްފައިވާ މި ކާރަޑް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް އިތުރުކުރެވޭނެކަމަށްވެސް އިމިގްރޭޝަމުން ބުނެއެވެ.
ކާޑު ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަންވަރު ވިދާޅުވީ ޕާސްޕޯޓު ކާޑުން ފައިސާ މުއާމަލާތުކުރެވޭ ގޮތަށް، ހަމަ އެ މެޓީރިއަލުން ދުނިޔޭގެ އެހެން ގައުމެއްގައި އެ ކާޑު ހަދާފައެއް ނުވާ ކަމަށާއި މި ކާޑުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަވާނެ ކަމަށެވެ.
މީގެ ފުރަތަމަ ކާޑް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރެވެ.
އާންމުންނަށް މި ކާޑު ދޫކުރަން ފަށާނީ އަދި ދެ ހަފުތާ ފަހުންނެވެ. ކާޑުގެ އަގުތައް އޭގެ ކުރިން އިއުލާންކުރާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.