twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކަނބޯރަނި ހިޔާގައި ހުރި ރޯހައުސްތަށް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިން: ހައުންސިންގ

Oct 17, 2017

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އުތުރުކޮޅުގައި(ކަނބޯރަނި ހިޔާ)  އިމާރާތްކޮށްފައިވާ ހައުންސިންގ ޔުނިޓްތަށް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފިންކަމަށް ހައުންސިންގ މިނިސްޓްރީން ބުނެފި އެވެ.

ކަނބޯރަނި ހިޔާގައި އިމާރާތްކޮށްފައިވާ 20 ހައުންސިންގ ޔުނިޓްގެ ތެރެއިން ދެ ޔުނިޓުގައި ދިރިއުޅެމުންދަނީ މާފިލާފުށިން ހިޖުރަކުރި ދެ އާއިލާއެކެވެ. ބާކީ ހުރި 18 ހައުންސިންގ ޔުނިޓް ލިބޭ ފަރާތްތަށް ކަނޑައެޅުމަށް މިދިޔަ އަހަރު މެއިމަހު ގުރުއަތުލުން ބާއްވާފައިވީނަމަވެސް އަދިވެސް އެޔުނިޓްތަށް ވަނީ ހަވާލުނުކުރެވިފައި އެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބުދުލް ލަތީފު ވިދާޅުވީ އެކައުންސިލުން ފޮނުވި ސިޓީގެ ޖަވާބެއް ހައުންސިންގ މިނިސްޓްރީން ލިބިފައިވާ ކަމަށެވެ. އެގޮތުން ކަނބޯރަނި ހިޔާގައި އިމާރާތްކޮށް ނިމިފައި ހުރި 18 ރޯހައުސް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީއާ އެއިދާރާއަށް އަންގާފައިވާ ކަމަށް ލަތީފު ވިދާޅުވި އެވެ.

” ކައުންސިލަށް އައުމަށް ފަހު މިނިސްޓްރީގައި އެދެމުން މިދަނީ ރޯހައުސްތަށް ހަވާލުކޮށްދިނުމަށް. ” ލަތީފު ވިދާޅުވި އެވެ.

ވަރަށް ގިނަ ދުވަހެއްގެ އިންތިޒާރަށް ފަހު މިނިސްޓްރީގެ ޖަވާބެއް މިކަމުގައި ލިބިފައިވާތީ އުފާކުރާ ކަމަށާއި މިނިސްޓްރީ ބުނެފައިވާ ގޮތަށް ހައުންސިންގ ޔުނިޓްތަށް އަވަސް މުސްތަގުބަލެއްގައި ހަވާލުކުރެވިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީ އެދުނު ގޮތަށް، ހައުންސިންގ ޔުނިޓްތަށް ހަވާލުކުރުމުގެ ކުރިން އެތަން މިހާރު ހުރި ހާލަތު ދެނެގަތުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށެވެ.

ގެދޮރުވެރިކަމުގެ ޕްރޮގުރާމުގެ ދަށުން ކުޅުދުއްފުށީގައި އިމާރާތް ކުރެވެމުންދާ 160 ރޯހައުސްގެ ތެރެއިން މާފަލު ހިޔާގައި އިމާރާތްކޮށްފައިވާ 40 ރޯހައުސްގެ މަސައްކަތްވެސް ނިމި ލިބޭ ފަރާތްތަށް ގުރުއަތުން ކަނޑައެޅިފައިވީނަމަވެސް އެތަންވެސް ވަނީ އަދިވެސް ހަވާލުނުކުރެވިފަ އެވެ. އަދި ވެލިގަނޑު އިމާރާތްކުރަން ފަށާފައިވާ 100 ރޯހައުސްގެ މަސައްކަތް މިހާރުވަނީ ހުއްޓިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355