twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީގައި ޝީޝާގެ ބުރާންޗެއް ހުޅުވަނީ

Oct 18, 2017

ރާއްޖޭގައި ފުޅާ ދާއިރާގައި ސައިކަލުގެ ވިޔަފާރިކުރަމުން އަންނަ ޝީޝާ ކުންފުނީގެ ބުރާންޗެއް 27 ވަނަ ހުކުރުދުވަހު ކުޅުދުއްފުށީގައި ހުޅުވާގޮތަށް ހަމަޖެހިއްޖެ އެވެ.

ސާވިސް ސެންޓަރަކާއެކު ހުޅުވާ މި އައުޓްލެޓް ހުންނާނީ ހަސަނާތު މިސްކިތުގެ ކުރިމައްޗަށްވާ ގޮތަށް އަމީނީމަގުގަ އެވެ. މިތަން ހުޅުވަން ހަމަޖެހިފައިވަނީ މިމަހު 27 ވަނަ ހުކުރު ދުވަހު ހަވީރު 4:30 ގަ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝީޝާ ކުންފުނީގެ ޗެއާމަން އަހުމަދު ހަސަން މަނިކު ވިދާޅުވީ ކުޅުދުއްފުށީގައި ހުޅުވާ ޝޯ ރޫމްއިންވެސް މާލޭއާ އެއް އަގެއްގައި ސައިކަލު ލިބެންހުންނާނެ ކަމަށެވެ. އަދި ސައިކަލު އިންސްޓޯލްމަންޓަށް ދޫކުރުމާއި ސާވިސް ކުރުމާއި އަދި ސައިކަލަށް ބޭނުންވާ ސްޕެއަރވެސް ލިބެން ހުންނާނެ ކަމަށެވެ.

ހުކުރު ދުވަހު އައުޓްލެޓް ހުޅުވިނަމަވެސް އެދުވަހު ކުރިއަށްދާނީ މައުލޫމާތު ދިނުންކަމަށާއި ވިޔަފާރި ފެށިގެންދާނީ 28 ވަނަ  ހޮނިހިރުދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

” އަޅުގަނޑުމެން އައުޓްލެޓް ހުޅުވާއިރު ސައިކަލުގެ ފަސްޓް ސާވިސް ވާނީ ފްރީކޮށްދޭ ގޮތަށް ހަމަޖެހިފައި. އަލަށް ހުޅުވާއިރު ތަނެއްވީމަ އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކަން ދޭނީ ސާވިސް ތަކުގެ މައުލޫމާތު ދިނުމަށް ” ޝީޝާގެ ޗެއާމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައިކަލުގެ ވިޔަފާރީގެ އިތުރުން ހޮންޑާ ޕަވަރ ޕްރޮޑަކްޓްސް އާއި ފެން ޕަންޕް އާއި ހުރިހާ ބުރޭންޑެއްގެ ޖަނަރޭޓަރުވެސް ވިއްކާނެ ކަމަށެވެ.

ހޮންޑާ ބްރޭންޑުގެ ސައިކަލުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ޝީޝާ ކުންފުނިން ކުޅުދުއްފުށީގައި ހުޅުވާ މިއައުޓްލެޓަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ހާއްސަކޮށް ހުޅުވާ އައުޓްލެޓެކެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355