twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީ ކުރަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭ ފެންވަރަށް: ހެލްތް މިނިސްޓަރ

Oct 19, 2017

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުވެގެންދާއިރު ބޯންމެރޯ ގެ ހިދުމަތް ދެވޭނެ ފެންވަރުގެ ހޮސްޕިޓަލަކަށް ވެގެންދާނެ ކަމަށް ހެލްތް މިނިސްޓާރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ކުޅުުދުއްފުށީ ހޮސްޕިޓަލް ސްޕެޝަލައިޒް ކުރެވޭނީ ތެލެސީމިއާ ރިސާޗުހަދައި ތެލެސީމިއާ ކުދިންނަށް ހާއްސަ ބޭސްފަރުވާ ކޮށްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަަށާއި އެގޮތުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭ ފެންވަރުގެ ހިދުމަތް ދެވޭ ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ވެގެން ދާނެ ކަމަށެވެ.

ލެސީމިއާގެ ފަރުވާގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ތަމްރީނު ހޯދުމަށް ސައިޕްރަސް އަށް ފޮނުވާ 5 ބޭފުޅުންނަށް ލިޔުން ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިތުރަށް މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ކުޅުުދުއްފުށީ ހޮސްޕިޓަލުގައި ޕްރީނޭޓަލް ޑައިގްނޮސިސްގެ ހިދުމަތް ދެވޭނެ ކަމަށާއި މިއީ ރާއްޖޭގައި މި ހިދުމަތް ދެވޭ ފުރަތަމަ ފަހަރަރު ކަމަށެވެ.

މީގެ އިތުރުން މި ސަރުކާރު ވެރިކަމަށް އައުމަށްފަހު 24 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ބޭރަށް ފޮނުވާފައިވާ ކަމަށާއި މި އަހަރުވެސް 30 ކުދިން ޒަކާތު ފަންޑުގެ އެހީއާއެކު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355