twitterviber whatsapp telegramfacebookyoutube instagram
15th October 2026

ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ނައިވާދޫއިން ހަނިމާދޫ ހިފަހައްޓައިފި

Oct 21, 2017

ހދ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ނައިވާދޫއިން ހަނިމާދޫ ހިފަހައްޓައިފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު ލަނޑު ޖަހާނެ ހުސް ފުރުސަތުތައް ގިނައިން ލިބުނީ ނައިވާދޫއަށެވެ.

މެޗުގެ ފަހު ހާފުގައި ހަނިމާދޫއިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފަ އެވެ.  މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިވާދޫ ޓީމުގެ ޖާޒީ ނަންބަރު 10 އަހްމަދު މުޖްތަބާ އެވެ.

ޖުމްލަ 9 ޓީމް ތިން ގުރޫޕަކަށް ބަހައިގެން ކުޅޭ މި މުބާރާތުގައި މި ގުރޫޕްގައި ދެން ހިމެނެނީ ހިރިމަރަދޫ އެވެ.

މި މުބާރާތުގައި މިއަދު ހަވީރު 15:50 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ނޮޅިވަރަމްފަރު އަދި ކުޅުދުއްފުށިން ވާދަކުރާ ތިން ޓީމުގެ ތެރެއިން އެއް ޓީމު ކަމުގައިވާ ސްކައި އެވެ. މިއީ ގުރޫޕް ބީ ގެ މެޗެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293