ގުދުރަތީ އެތަކެއް ރީތިކަމެއް ލިބިފައިވާ ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ މީހުން ރުޅިގަދަވެ ކުޅި ހިމާޔަތްކުރުމަށް ގޮވާލައި، ސޯޝަލް މީޑިއާގައި ކެމްޕެއިން ފަށައިފި އެވެ.
ރާއްޖޭގައި އޮންނަ ހަމައެކަނި މަށިކުޅި ހިއްކާތީ އެކަމާ ކަންބޮޑުވެ ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ބިލީފުގެ ފައުންޑަރ އަފާ ހުސެއިން ވަނީ އޭނާގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
If Bandaara and Eidhigili kilhi can be protected and conserved. Why one of the richest mangrove, Kulhudhuffushi Kulhi is not? @EPAMaldives
— the.islandgirl (@AfaHussain) October 20, 2017
ކުރިންވެސް ކުޅި ހިއްކާ ކުރިއަށްވުރެ ބޮޑަށް ކުޑަވެފައިވާކަން ފާހަގަކުރައްވަމުން އަފާ ލިޔެފައިވަނީ ރާއްޖޭގެ އެހެން ކުޅިތަކާއި ބަލާއިރު ގަސްގަހާގެހީގެ ގޮތުންނާއި ކުޅީގެ ބޮޑު މިންނަށް ބެލިޔަސް ކުޅުދުއްފުށީގެ ކުޅިއަކީ އާދައިގެ ކުޅިއެއް ނޫން ކަމަށެވެ.
ކުޅި ހިމާޔާތްކުރަން ބޭނުންވަނީ ހަމައެކަނި ހިތްހަމަ ޖައްސާލަން ނޫން ކަމަށާއި އެތަނުން އެތަކެއް މާއްދީ ފައިދާތަކެއްވެސް ލިބިދޭ ކަމަށެވެ.
” ކުޅި ހިމާޔާތް ކުރަން ބޭނުންވަނީ ކަޕަލް ޝޫޓަކަށް ދާން ރީތި ތަނަކަށް ވީމައެއް ނޫން. ކުޅިން ލިބޭ އެތަކެއް މާއްދީ ފައިދާތަކެއް ނޫނީ ފޯރުކޮށްދޭ ހިދުމަތްތަކެއް ވާތީ ” އަފާ ލިޔެފައި ވެއެވެ.
Kulhudhuffushi Kulhi akee, hama ekani kulhi eh noon.. Ei sagaafatheh.. Ethah baehge dhiri ulhen kuraa masakai vanee ethanugaa
— Ali Hassan (@AyyaHaxan) October 21, 2017
އެގޮތުން ކުޅިއަކީ ގުދުރަތީ ގޮތުން ރަށްގިރުމުން ސަލާމަތްކޮށްދީ، ސާފު ފެންފަށަލަ ތަޤައްޔަރުވެޔަ ނުދީ ބެލެހެއްޓުމާއި ކާބަންޑައިއޮކްސައިޑް ސާފުކޮށްދިނުމުގެ އިތުރުން ގުދުރަތީ ކާރިސާތަކުން ރަށް ސަލާމަތްކޮށްދިނުމުގެ މުހިންމު ރޯލު ކުޅި އަދާކުރާކަމަށް އަފާ ލިޔުއްވާފައިވެ އެވެ.
ޓްވިޓާގައި ވަރަށް ގަދައަށް ކުޅިހިއްކުމާ ދެކޮޅަށް ކެމްޕެއިންނަށް ފަށާފައިވާއިރު ބައެއް ފަރާތްތަކުން ބުނަމުންދަނީ ކުޅުދުއްފުށީ ކުޅި ނައްތާލުމަކީ ބައިނަލު އަގުވާމީ މުޖުތަމައުއަށް ދެވޭ ހުތުރު ނަމޫނެއް ކަމަށެވެ. އެމީހުންގެ ޓްވިޓުތަކުގައި ސަރުކާރުގައި ވަޒީރުންނާއި މަޖިލިސް މެމްބަރުންދަނީ ޓެގްކުރަމުންނެވެ.
I will regret if I never fought to protect our mangrove when it’s gone! Kulhudhuffushi kulhi is our landmark, our… https://t.co/FIrJS0wvL0
— Mohamed Aiman (@Ayymanu) October 20, 2017
ކުޅުދުއްފުށި ކުޅި ހިއްކުމާ ދެކޮޅަށް ސޯޝަލް މީޑީއާގައި ތިމާވެއްޓަށް ލޯބި ކުރާ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.