twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ރޯނުވެށުންމުގެ ވިސްނުން ގެންގުޅެން: ކައުންސިލް

Oct 22, 2017

ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ރޯނުވެށުމުގެ ވިޔަފާރި ތަރައްގީކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

އަބުދުލް ލަތީފް މިހެން ވިދާޅުވެފައިމިވަނީ އެއާޕޯޓް އެޅުމަށްޓަކާ ކުޅުދުއްފުށީ މަށިކުޅި ހިއްކުމަށް ހަމަޖެހިފައިވާތީ އެތަނުގައި ފާ ކުރުމަށް ބަހައްޓާފައިވާ ބޮނބިތަށް ނެގުމަށް އަންގާފައިވަނިކޮނެވެ. އަދި އެކަމުގެ ސަބަބުން ރޯނު ވެށުމުގެ ވިޔަފާރި ކުޅުދުއްފުށީގައި ނެތިގެންގޮސްދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ ރޯނުވެށުމުގެ ވިޔަފާރިކުރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވަމުން އަބުދުލް ލަތީފް ވިދާޅުވީ ކުޅި ހިއްކާތީ އޭ ކިޔާފައި އެމަސައްކަތް ހުއްޓެއް ބޭނުންނުވާ ކަމަށެވެ. އެކަން ކުރެވޭނެ ގޮތްތަށް މިހާރު އެބަހުރި ކަމަށާއި އިންޑިޔާގެ އަވަށްތަކުގެވެސް މެޝިނަރީން ބަހައްޓައިގެން ރޯނާއި އެކަމާ ގުޅުން ތަކެތި ތައްޔާރުކޮށް އެކަށީގެންވާ ނަފާ ހޯދަމުން އަންނަ ކަމަށެވެ.

” އަޅުގަނޑުގެ އުންމީދަކީ އަދި ދެކެން ބޭނުންވާ ދުވަހަކީ ރޯނާއި ރޯނާ ގުޅުންހުރި އެކި ކަންކަމުގައި ކުޅުދުއްފުށީގެ މާލީ ހާލަތު ރަނގަޅުވެެގެން ދިއުން. ދެން އެހެންނަމަވެސް މިކަން ކުރާނީ ސީދާ ކައުންސިލުން ތޯ ނުވަތަ ވިޔަފާރިވެރިންނަށް ހުޅުވާ ލައިގެން ތޯ ނޫނީ ކޯޕަރޭޓިވް ސޮސައިޓީއާ ގުޅިގެން ތޯ އަދިއެއް އަޅުގަނޑުމެން ކަނޑައެއް ނާޅަން. ” އަބުދުލް ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެޝިނަރީ ބޭނުންކޮށްގެން އެފަދަ ވިޔަފާރިއެއް ފެށިއްޖެނަމަ އެކަމުގެ ފައިދާ މިހާރަށްވުރެ ބޮޑަށް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފިރިހެނުންނަށާއި ދެ ޖިންސުގެ ޒުވާނުންނަށްވެސް ވަޒީފާގެ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

ކުޅުދުއްފުއްޓަކީ ރޯނުވެށުމަށް އެންމެ މަޝްހޫރު ރަށެވެ. ނަމަވެސް ކުރިއާ ހިލާފަށް ރޯނުވެށުމުގެ ދާއިރާގެ މިހާރު ހަރަކާތްތެރިވަމުންދަނީ ދުވަސްވީ މަދު ބައެކެވެ.

ތިރީގައި އެވަނީ އިންޑިޔާގެ ކެރެލާގައި މެޝިނެއް ބޭނުންކޮށްގެން ރޯނު ވަށާ މައްޒަރު ފެންނަ ވީޑިއޯ އެކެވެ.

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = 'https://connect.facebook.net/ja_JP/sdk.js#xfbml=1&version=v2.10'; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));

Coir Life Cycle

Coir Kerala 2017 – The Festival of coirさんの投稿 2017年9月13日(水)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355