twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވިކްޓަރީ އާއި މުރައިދޫ ބައްދަލުކުރި މެޗު ވިކްޓަރީ ކާމިޔާބުކޮށްފި

Feb 17, 2011

އިބްރާހިމްހަމީދު

ވިކްޓަރީ ސްޕޯޓްސް ކުލަބަށް 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން މިހާރު ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށްގެން އުޅޭ ވިކްޓަރީ ޓީމް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި މުރައިދޫ ފުޓުބޯޅަ ޓީމާ ބައްދަލުކޮށް 3 – 0 އިން މެޗު ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯންސްޓޭޑިއަމްގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ޝަރަފްވެރި ކޮށްދެއްވީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް ކުޅުދުއްފުށީ ކައުންސިލަށް ހޮވިވަޑައިގެންފައިވާ ޖަމްޝިދު މުހައްމަދެވެ .

ވިކްޓަރީ އާއި މުރައިދޫ ބައްދަލުކުރި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިކްޓަރީގެ ޖޯޒީ ނަމްބަރު 23 އިބްރާހިމް ފަޒީލެވެ.

މިމެޗަށް ފަހު ވިކްޓަރީގެ ކޯޗް ސުޒޭން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުޓްބޯޅާގައި ވިކްޓަރީއަށް 40 އަހަރު ފުރުމުގެ އުފާ ފާޅުކުރުމުގެ ގޮތުން ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ރަށްކަމުގައިވާ ކުޅުދުއްފުށީގައި މިހަރަކާތްތައް ބޭއްވުމަކީ ވިކްޓްރީ ސްޕޯރޓްސް ކުލަބަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށާއި ކުޅުދުއްފުއްޓަށް ދަތުރު ކުރީ ކުޅުދުއްފުށީ ޒުވާނުންގެ ދީލަތި އެހީތެރިކަމާއެކުކަމަށެވެ.

ކުޅުދުއްފުށީގެ ޒުވާނުން ވަނީ ޓްރާންސްޕޯރޓް ނޫން އެހެން ހުރިހާ ކަމެއް ހަވާލުވެގެން ވަރަށް ފުރިހަމައަށް އިންތިޒާމް ކޮށްފައި ކަމަށާއި މިއީ ވިކްޓްރީ އަށް ދެއްވި ވަރަށް ދީލަތި އެހީތެރިކަމެއްކަން ދެކި ވިކްޓްރީން ޝުކުރާއެކު ބަލައިގަންނަ ކަމަށާއި އަދި އެކަމުގެ އަގުވަޒަން ކުރާނެކަމަށް ސުޒޭންވިދާޅުވިއެވެ. އަދި އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިކްޓްރީ ޓީމު ކުޅުދުއްފުއްޓަށް އާދެވުނު ގަޑީގެ ގޮތުން ކުޑަކޮށް ދަތިތަކެއް ހުރި ކަމުގައިވިޔަސް ކުޅުދުއްފުށިން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި ވާކަމަށެވެ.

މިއަދު ކުޅެވުނު މެޗާއި ދޭތެރޭގައި ވަރަށް ހިތްހަމަޖެހޭ ކަމަށާއި މުރައިދޫ ޓީމްގައި ވެސް ވަރަށް ރަގަޅު ކުޅުންތެރިން ތިބިކަމަށާއި މިކަހަލަ މެޗްތައް ނަތީޖާއަށްވުރެ ބޮޑަށް އެކުވެރިކަމާއިއެކު ނިމިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ސުޒޭން ވިދާޅުވިއެވެ.

މުރައިދޫ ޓީމްގެ ކޯޗް އަހްމަދު ނިޔާޒް މެޗާއި ބެހޭގޮތުން ވިދާޅުވީ މިމެޗަށް ނިކުތީ ވީހާވެސް މާޖިން ކުޑަކޮށް މެޗް ނިންމާލުމުގެ އަޒުމުގައި ކަމަށާއި ވިކްޓްރީ ކަހަލަ ގަދަބާރަކާއެކު ކުޅެ 3 – 0 އިން މެޗު ނިންމާލެވުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ.

އިތުރު ފޮޓޯތައް ބެއްލެވުމަށް ކުޅުދުއްފުށި ޑޮޓްކޮމް ފޭސްބުކް ޕޭޖަށް ޒިޔާރަތް ކުރަށްވާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355