twitterviber whatsapp telegramfacebookyoutube instagram
19th April 2024

އިރުމަތި ފަރާތުން ޖާގަ ލިބޭ، ލިމިޑެޓް ރަންވޭއެއް ބޭނުންމެއް ނޫން: ފަރުހޫދު

Oct 24, 2017

އެއްވެސް ގޯއްޗެއް ނުނަގައި އެއާޕޯޓެއް ހަދަން ބޭނުންވާ ޖާގަ ރަށުގެ އިރުމަތި ފަރާތުން ލިބޭ ކަމަށާއި ޝީޓް ޕައިލްކޮށްގެން އެކަން ކުރަން ސަރުކާރުން ބޭނުންނުވަނީ ހަރަދު ބޮޑުވީކަމަށް ކުރީގެ ބޮޑު ކަތީބު އަދި ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ އިބުރާހިމް ފަރުހޫދު ވިދާޅުވެއްޖެ އެވެ.

ފަރުހޫދު ވިދާޅުވީ މުސްތަގުބަލުގައި ބޮޑު ނުކުރެވޭނެ ރަންވޭއެއް، ނުވަތަ ލިމިޑެޓް ރަންވޭއެއް ބޭނުންނުވާ ކަމަށެވެ. އަބަދު ދަތުރު ކުރާނީ ޑޯނިޔާ ކުދި ބޯޓެއްތަކެއް ނޫން ކަމަށާއި އެެހެންކަމަށްވާ ނަމަ މުސްތަގުބަލުގައި ރަންވޭ ބޮޑުކުރެވޭނެ ގޮތެއް އޮންނަ ޖެހޭނެ ކަމަށް ފަރުހޫދު ވިދާޅުވި އެވެ.

”  1200 މީޓަރުގެ ރަންވޭއެއް އަޅައިގެން ދެން ނާންނާހޭ ބޯޓް ފަހަރަކަށް ބަދަލެއް. އެބަޖެހެޔޭނުންހޭ އޮޕްޝަނެއް އޮންނަ. ރަންވޭ އެކްސްޓެންޑް ކުރެވޭނެ ގޮތެއް އޮންނަ ޖެހޭޔޭނުންހޭ. އަބަދަކު ޑޯނިޔާއެއް ނޫން ދުއްވާނިއްޔެ. އެެހެން އެއްޗެހިވެސް ދުއްވާނެ ނޫންހޭ. ” ފަރުހޫދު ވިދާޅުވި އެވެ.

މުސްތަގުބަލުގައި ބޭނުންވަނީ ހަމައެކަނި މާލޭ ދާނެ އެއާޕޯޓެއްނޫން ކަމަށާއި އެއަށް ވުރެ ފުޅާ ދާއިރާއެއްގައި މިކަމުގައި ވިސްނަށް ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެއާޕޯޓުގެ ސަބަބުން ބަލިމީހުން މާލެ ގެންދިއުމަށް ފަސޭހަ ވެގެންދާނެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުން ތަރައްގީކުރަމުންދާއިރު ކުރިއަށް އޮތްތާ ބަލި މީހުން މާލެ ފޮނުވުމުގެ ބަދަލުގައި ބޭރަށް ފޮނުވޭނެ ގޮތެއް ކުޅުދުއްފުށީ އެއާޕޯޓް ވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާކަމަށް ފަރުހޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅި ހިއްކައި ނުލައި އެއާޕޯޓެއް އެޅޭނެ ޖާގަ ރަށުގެ ހުޅަނގު ފަރާތުންވެސް އަދި އިރުމަތި ފަރާތުންވެސް ލިބޭ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ހިދުމަތް ކަމަށާއި ސަރަހައްދީ ބަނދަރަށް ސީޕްލޭން އޮޕަރޭޓްކޮށްގެންވެސް ހިދުމަތް ލިބޭނެ ކަމަށެވެ.

” ހަމަ ބޭނުންހާ ގޮތަކަށް ސަރުކާރުގެ ޕޮލިސީ ލެވެލްގައި ތިބި މީހުން މާލޭގެ މޭޒެއްގެ ހަތަރު ފަރާތުގައި ތިބެގެން ނުނިންމޭނޭ. ބަލާބަލަ މަޖިލީހުން ނިންމާފައި އޮތް އެއްވެސް ގާނޫނެއްވެސް ނޯނާނެ މާލެއަށް ފިޓްވާގޮތަށް ނޫނިއްޔަކާއެއް ތަންފީޒެއްވެސް ރާއްޖެތެރޭގައި ވަނީޔެއްނޫން. އެފާޑަށްކަށް އެއާޕޯޓެއް ނޭޅޭނެ.” ފަރުހޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުދުރަތީ ގޮތަކަށް އުފެދިފައިވާ އެހާ ބޮޑު ދިރުމެއް ނައްތާލާއިރު އޭގެ ސަބަބުން ރަށަށް ގެއްލުންތަކެއްވާނެ ކަމަށާއި ސިޔާސީ ބޭނުންމަކަށް ބަގުނޑި ބައްދައިގެން އެއީ ކުރަން ހެޔޮވާވަރުކަމެއް ނޫންކަމަށެވެ. މިކަމުގައި ޒުވާން ޖީލު  އަޑުއުފުލުމަށް ފަރުހޫދުވަނީ ގޮވާލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355