twitterviber whatsapp telegramfacebookyoutube instagram
3rd June 2026

އެއާޕޯޓް މަޝްރޫއު ފައްޓަވައިދެއްވުމަށް ރައީސް ކުޅުދުއްފުއްޓަށް

Oct 26, 2017

ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއުގެ ބިން ހިއްކުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަންނަމަހު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ނިންމާފައިވަނީ އަންނަމަހުގެ 12 ވަނަ ދުވަހު އެވެ. މިއީ އެމަނިކުފާނު ވެރިކަމުގައި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ.

ރިޔާސީ ކެމްޕެއިންގައި ވަކި ރަށަކަށް ރައީސް ޔާމީން ވެވަޑައިގެން އެންމެ ބޮޑު ވައުދުވެވަޑައިގެންފައިވާ ކުޅުދުއްފުށީ ރައްޔިތުންނަށެވެ. އެއީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް ހަދައި ހިދުމަތް ދޭނެކަމުގެ ވައުދެވެ.

ދެއަހަރު ތެރޭގައި އެއާޕޯޓް ވައުދުފުއްދިފައިނުވާތީ ގިނަ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355