twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ އެއާޕޯޓް އަޅައި ސަރަހައްދުގެ ބިން ހިއްކަން ފަށައިފި

Nov 1, 2017

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހެދުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެ އެވެ.

މިހާރު ކުރިއަށްދަނީ އެއާޕޯޓުގެ މަސައްކަތުގެ ތެރެއިން ރަށުގެ ހުޅަނގު އުތުރު ފަރާތުން ކުޅި ހިމެނޭ ސަރަހައްދުގައި އެއްގަމު ވެހިކަލުތަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތަށް ބަންޑުވޯލް ޖެހުމުގެ މަސައްކަތެވެ. ފަސް ހެކްޓަރު ހިމެނޭ މި ބަންޑުވޯލް ޖެހުމަށް ތިން ދުވަސް ވަނީ ހޭދަވި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ބަންޑުވޯލް ޖެހުމުގެ މަސައްކަތް ނިންމައި އަދި އެ ސަރަހައްދުން އިތުރު ދޮޅު ހެކްޓަރު ބަންޑުވޯލް ޖެހުމަށްޓަކައި ބިން ހިއްކަން ހަމަޖެހިފައިވާކަމަށެވެ. އޮފިޝަލު ވިދާޅުވީ މޫދާއި ކުޅި މިހާރު ގުޅުވާލާފައިވާއިރު ކުޅިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ބަންޑުވޯލް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، އެއާޕޯޓު ހެދުމަށް އެމްޓީސީސީން ގެނެސްފައިވާ މަހާ ޖައްރާފުގެ ކެލިބްރޭޝަން ޓެސްޓުތައްވަނީ ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފަ އެވެ.

އެމްޓީސީސީ އިން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވަ ޑްރެޖަރު ބަނދެފައި ވަނީ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.

ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މި ކޮންނަ ބޯޓުގެ ދިނުމުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.

މިމަޝްރޫއު ޖުމްލަ 15 ހެކްޓަރުން ހިއްކުމަށް ހަމަޖެހިފައިވާއިރު 9 ހެކްޓަރު ހިއްކަނީ ކުޅިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355